އީސާ މަސީހު
ވިކިޕީޑިއާ އިން
އީސާ ،އީސާގެފާނު، ނުވަތަ ނަޒާރެތުގެ އީސާ އަކީ މަސީހީ ދީނުގެ އެއްމެ މުހިއްމު ޝަހުސިއްޔަތެވެ.އޭނާއަށް އާއްމުކޮށް ކިޔާއުޅޭނަމަކީ އީސާ މަސީހު އެވެ.އިނގިރޭސިބަހުން ޖީސަސް ނުވަތަ ޖީސަސް ކުރައިސްޓު ކިޔާއުޅެއެވެ.ހިބްރޫބަހުން 'ކުރައިސްޓު' ނުވަތަ 'މަސީހު' ގެ މާނައަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. މީނާއަށް މިލަގަބު ދެވުނީ މަސީހީން ގަބޫލުކުރާގޮތުގައި ޔަހޫދީންގެ ފޮތްފޮތުގައިވާ ފަހުޒަމާނުގައި ފޮނުއްވާނެ މަސީހަކީ އީސާކަމަށްވުމުންނެވެ.މީނާ އުފަންވެފައިވަނީ (މިހާރުގެ އިސްރާއީލު އެވާސަރަހައްދުގައިވި) ނަޒާރެތު އޭ ކިޔުނު އަވަށެއްގައެވެ.ޔަހޫދީދަރިކޮޅަށް ނިސްބަތްވާ ،އީސާ އުފަންވެފައިވަނީ ބީ.ސީ.އީ 8އާއި 2އާދެމެދުއެވެ.އަދި މަރުވެފައިވާކަމަށްވަނީ އޭ.ޑީ.އީ 29އާއި 36އާ ދެމެދުއެވެ.މީނާގެ އުފަންދުވަހާބެހޭގޮތުން ނުވަތަ ހަޔާތާބެހޭގޮތުން މައުލޫމާތު ލިބޭ މައިގަނޑު އަސްލުތަކަކީ މަސީހީންގެ ދީނީ ފޮތް ،ބައިބަލް ގެ ނިއުޓެސްޓެމަނޓް ގެ ފުރަތަމަ ހަތަރު ފޮތްކޮޅެއެވެ
[އުނިއިތުރު ގެންނަވާ] އީސާގެފާނުގެ ހަޔާތް ބައިބަލްގައިވާގޮތަށް
ބައިބަލްގެ މެތިއުސް ފޮތްކޮޅުގައި ވާގޮތުން އޭނާ އުފަންވީ ޖޫޑާގެ ބައިތުލަހަމް ކިޔާ އަވަށެއްގައި އުޅުނު ބިކުރުވެރި އަންހެނެއްކަމަށްވާ މަރިޔަމްގެ ފަރާތުން މުގައްދަސް ރޫހުފުޅު ގެޒަރީއާއިން މުއުޖިޒާތެއްގެގޮތުގައެވެ.ލޫކާސް ފޮތްކޮޅުގައި ވާގޮތުން އެކަމަނާއަށް އެފަދައިން ދަރިއަކު ލިބޭކަމުގެ ހަބަރު މަލާއިކަތު ޖިބުރީލު ވަނީ ދީފައެވެ.ހަމަ އޭގައިވާގޮތުން އޭގެފަހުން އީސާއަށް ބަލިވެ އިންދާ އީސާގެފާނުގެ މައިމީހާ މަރިޔަމް އަދި އޭނާގެ ފިރި ވަޑާންކުރާ ޔޫސުފް ރޯމަން އެމްޕަޔަރގެ އަމުރަށް އެމީހުން ބައިތުލަހަމް ކިޔޭ ރަށަކަށް ހިޖުރަކުރިއެވެ.އަދި އެތަނުގައި އެމީހުން ދިރިއުޅެމުން ދިޔައީޖަނަވާރުތަކާއެކުއެވެ.މެތިއުސްގެ ފޮތްކޮޅުގައި ވާގޮތުން މަޖޫސީންގެ ތެރެއިން ބުއްދިވެރި 3 މީހަކު ކުޑަކުޑަ އީސާ ދެކިލުމަށް ވަރަށް ދިގުދަތުރަކަށްފަހު އައެވެ.އެއީ އޭނާ އުފަންވުމުގެ އަލާމާތަކަށް އުޑުން ފާޅުވިތަރިއަކަށް ބަލައިގެން އެތަނަށްއައި ބައެއްކަމަށް އޭގައިވެއެވެus]qoe[q
އީސާ ބޮޑުވުމުން އޭނާގެ ގައުމުގެ މީހުންނަށް އޭނާގެ ދީނަށް ގޮވާލާ ކުދި ،އިބުރަތްތެރި ވާހަކައިގެ ޒަރީއާއިން އެމީހުންނަށް ނަސޭހަތްތެރިވާންފެށިއެވެ.އޭނާ ބުނަމުންދިޔަގޮތުގައި ހަގީގީ ރަސްކަލަކީ ހަމައެކަނި މާތްރަސްކަލާނގެއެވެ.އަދި މީސްތަކުން އެކަލާނގެ ދެކެ ލޯބިވާންޖެހޭނެ،އަދި ޔަހޫދީންގެ މުގައްދަސް ފޮތްތަކުގައިވާފަދައިން މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށްވެސް ލޯބިކުރަން ޖެހޭނެއެވެ.މީގެއިތުރުން އަވަށްޓެރިންނަށް ކަމޭ ހިތާ އެމީހުންނަށް ލޯބިކުރުމަށް އަދި ރަށްޓެހިންނާއި އެއްގޮތަށް ދުޝްމަނުންނަށްވެސް ލޯބިކުރުމަށް ގޮވާލިއެވެ.އަދި މަޑޫމައިތިރިވުމަށާއި،ތިބާގެ އެއްކޮލުގައި ޖަހައިފިނަމަ އަނެއްކޯވެސް އެމީހަކުޖަހަން ދެއްކުމަށް،އަދި މިނޫންވެސް މަޑު މައިތިރިކަމާއި އަމާންކަމާގުޅިފައިވާ އެތައްކަމަކަށް ގޮވާލިއެވެ.އޭނާ ގެ ދައުވަތުގެ ތެދުކަން ދެއްކުމަށް ތަފާތުއެކި މުއުޖިޒާތްތައް މީސްތަކުންނަށް ދެއްކިއެވެ.މިފަދަ ކަންތައްތަކުގެ ތެރޭގައި ހުމާއި،ޖުޒާމްބަލި،އަދި މިނޫންވެސް ބަލި ބަލި ޖެހިފައިވާމީހުން ބޭހަކާނުލާ ރަނގަޅުކޮށްދީފައިވެއެވެ.އަދި ޖިންނި މޮޔަވެފައިވާ މީހުން ގެ ހަށިގަނޑުން ޖިންނި ފައްސާ،އެމީހުން ރަނގަޅުކުރުމާއި ފެން ރަލަށް ބަދަލުކުރުމާއި ފެންމަތީ ހިނގުމާއި ވަޔާއި ގުދުރަތުގެ އެހެނިހެންބާރުތަކަށް ބާރުހިންގުން ހިމެނެއެވެ.އަދި މީގެއިތުރުން މަރުވެފައިވާ މީހުން ދިރުވުމާއި ކުރިއަށް ވާނޭ ކަންކަން ބުނުން ފަދަ އަޖައިބު ކަންކަން ކުރިކަމަށް މަސީހީންގެ ފޮތްތަކުގައި ލިޔެވިގެންވެއެވެ ބައިބަލް ގައި ވާގޮތުން އީސާގެފާނުގެ މަޝްހޫރުކަން އިތުރުވެގެން ގޮސްފައިވަނީ އޭނާ ޖެރޫސަލަމް އަށް ހިޖުރަކުރުމުންނެވެ.މިތަނުގައި ޔަހޫދީންގެ ދީނީ ލީޑަރުންނާ ޖަދަލުކޮށް ޔަހޫދީންގެ ހެރޯދުގެ ފައްޅި އޭރުގައި ވީގޮތުގެ ނުބައިކަމާމެދު ވާހަކަދައްކާއުޅުންކަމަށް ލިޔެވިފައިވެއެވެ.އަދި އެތަނުގައި ވިޔަފާރިކޮށް ތަކެތި ވިއްކާން ތިބި މީހުން އެއްދުވަހަކު އެތަނުން ފައްސާލާފައި އީސާގެފާނު ބުނިކަމަށްވަނީ ޔަހޫދީ ފާދިރީންނާއި ކާތިބުން ވަނީ އެފައްޅި ވަގުންގެ މަރުކަޒަކަށްހަދާފައިކަމަށެވެ.އެއީ އެމީހުން ފަގީރުންގެ އަތުންފައިސާއަތުލާ ނިކަމެތިފަގީރު އަންހެނުންގެ ގެދޮރު އެމީހުންގެ ކިބައިން ނިގުޅައިގަންނާތީކަމަށް އޭނާ ބުންޏެވެ.ކަންތައްތައް މިހެންވުމުން އޭނާ މަރާލުމަށް ޔަހޫދީންގެ ބޮޑުބޮޑެތިން ނިންމިއެވެ.އަދި އީސާއަކީ ޔަހޫދީންގެ ރަސްކަލެއްކަމަށް ވުމަށް އުޅޭ،ސިޔާސީ ގޮތުން ރޯމަނުންނާ ބަޣާވާތްކުރަން އުޅޭ މީހެއްކަމަށް ބުނެ އެމީހުން ރޯމަނުންގެ ގާތުގައި އީސާގެފާނުގެ މައްސަލަ ޖެއްސިއެވެ.އެޔާއެކު ރޯމަނުން އެމީހުންނާދެކޮޅަށް ނިކުންނަ ބާގީންނާއި މުޖުރިމުން އާއްމުކޮށް މަރާއުޅޭފަދައިން އީސާގެފާނުވެސް ސޮލީބަށްއަރުވާމެރުމަށް އަމުރުކުރިއެވެ.އަދި މިގޮތުގެ މަތިން އޭނާ ސޮލީބަށްއަރުވާ މަރާލިއެވެ.އެހެނަމަވެސް އީސާގެފާނުގެ ހަށިގަނޑު ފަރުބަދައެއްގެ ހޮހަޅައެއްގައި ވަޅުލިއެވެ.އަދި އޭގެ ކުޑަދުވަސްކޮޅެއްފަހުން މާތްރަސްކަލާނގެ އޭނާ ދިރުއްވާފައިވާކަމަށް ބައިބަލްބުނެއެވެ.ބުނެވޭގޮތުގައި އީސާގެފާނު އަލުން ދިރުއްވި މަންޒަރު 500އަށް ވުރެ ގިނަ މީހުންނަށްފެނިފައިވެއެވެ.
[އުނިއިތުރު ގެންނަވާ] ބޭރު ގުޅުންތައް
ސީދާހިތުން -އީސާގެފާނާބެހޭ މައުލޫމާތު ހިމެނޭ ދިވެހި،މަސީހީ ވެބްސައިޓެއް.