ބޭނަޒީރު ބުއްޓޫ
ވިކިޕީޑިއާ އިން
Benazir Bhutto بینظیر بھٹو |
|
|
|
---|---|
In office 19 October 1993 – 05 November 1996 |
|
President | Wasim Sajjad Farooq Leghari |
Preceded by | Moeen Qureshi |
Succeeded by | Miraj Khalid |
In office 02 December 1988 – 06 August 1990 |
|
President | Ghulam Ishaq Khan |
Preceded by | Muhammad Khan Junejo |
Succeeded by | Ghulam Mustafa Jatoi |
|
|
އުފަންވީ | ޖޫން 21 1953 Karachi, Pakistan |
އަވަހާރަވީ | ޑިސެމްބަރ 27 2007 (54 އަހަރުގައި) Rawalpindi, Pakistan |
Political party | Pakistan Peoples Party |
އަނބިކަނބަލުން | Asif Ali Zardari |
ދީން | Islam |
ބޭނަޒީރު ބުއްޓޫ ޖޫން 21, 1953 އިން ޑިސެމްބަރު 27, 2007 އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ބޭނަޒީރު ބުއްޓޫ އަކީ މުސްލިމް ޤައުމެއްގެ ޒަޢާމަތަށް ވަޑައިގެންނެވި އެންމެ ފުރަތަމަ އަންހެން ބޭފުޅާއެވެ. އެކަމަނާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައެވެ. 1988 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހޮވިވަޑައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ 35 އަހަރެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ރައީސް ޣުލާމް އިސްޙާޤު ޚާން ގެ އޯޑަރަކަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީ 20 މަސް ވީތަނާ އެކަމަނާ ބޮޑުވަޒީރުކަމުން ދުރުކުރެވުނެވެ. 1993 ވަނަ އަހރު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ބޭނަޒީރު ބުއްޓޫ އިންތިޚަބު ވެވަޑައިގަތެވެ. މިދައުރު ނިންމަވާލައްވަން އެކަމަނާއަށް ޖެހިވަޑައިގަތީ 1996 ވަނަ އަހރުގައެވެ. މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެގެން ރައީސް ފާރޫޤު ލެގާރީގެ އޯޑަރަކަށެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ތަޢުލީމާއި ޙަޔާތްޕުޅު
ބޭނަޒީރު ބުއްޓޫ އުފަންވެވަޑައިގަތީ 21 ޖޫން 1953 ގައި ޕާކިސްތާނުގެ ކަރާޗީގައެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަކޮށްލުން
ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނީ އިންތިޚާބަށް ކެންޕޭން ކުރައްވަން އުޅުއްވުމުގެ ތެރޭގައި ރާވަލްޕިންޑީގައި އޮތް ބައްދަލުވުމެއް ނިންމެވުމަށްފަހު ވަޑައިގަންނަވަނިކޮށެވެ.
[އުނިއިތުރު ގެންނަވާ] އަދި އިތުރަށް ބައްލަވާލައްވާ
- ޕިޕަލްސް ސްޓޫޑެންޓްސް ފެޑެރޭޝަން
- ޕޮލިޓިކްސް އޮފް ޕާކިސްތާނުގެ
- މާލިކް އަމްޖަދް އަލީ ނޫން