Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ވިކިޕީޑިޔާ: އެޑްމިނިސްޓްރޭޓަރ - Wikipedia

ވިކިޕީޑިޔާ: އެޑްމިނިސްޓްރޭޓަރ

ވިކިޕީޑިއާ އިން

އެޑްމިނިސްޓްރޭޓަރުންނަށް ސިސްއޮޕްގެ ނަމުންވެސް ނަންދެވިފައިވެއެވެ. އެޑްމިނިސްޓްރޭޓަރުންނަކީ ވިކިޕީޑިޔާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންނެވެ. އެހެންނަމަވެސް މިމެމްބަރުންނަށް އާދައިގެ މެމްބަރުންނަށް ނުކުރެވޭ ގިނަ ކަންތައް ތަކެއް ކުރުމުގެ ޤާބިލްކަން ލިބިފައި ވެއެވެ. މިއީ މެމްބަރުންގެ ތެރެއިން ހޮވިފައިވާ އިތުބާރު ހިފޭ ވިކިޕީޑިޔާގެ ޤަވާއިދު ތަކާއި އެއްގޮތައް އަމަލުކުރާ މެމްބަރުންނެވެ. އެޑްމިނިސްޓްރޭޓަރުންނަށް ޞަފްޙާތައް ރައްކާކޮށް، ޞަފްޙާ ތައް ފޮހެ އަދި އެހެނިހެން މެމްބަރުން ބްލޮކް ކުރުމުގެ ބާރު ލިބިގެންވެއެވެ.


އެހީ އަށް އެދުން - ދިވެހި ވިކިޕީޑިޔާގައި ހަރަކާތްތެރިވާ އެޑްމިނިސްޓްރޭޓަރުން - އެޑްމިންޝިޕަށް އެދުން


ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އެޑްމިނިސްޓްރޭޓަރުންނަށް ލިބިފައިވާ ބާރުތައް

ވިކި ސޮފްޓްވެއަރ ގައި ބައެއްކަންތައް ކުރުން މެމްބަރުންނަށް ވަނީ މަނާ ކުރެވިފައެވެ. މަނާ ކުރެވިފައިވާ ކަންތައް ކުރުމުގެ އިތުރަށް އެޑްމިނިސްޓްރޭޓަރުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ކަންތައް ކުރުމުގެ ހުއްދަ ލިބިގެން ވެއެވެ. މީގެ ތެރޭގައި :

[އުނިއިތުރު ގެންނަވާ] ރައްކާ ކުރެވިފައިވާ ޞަފްޙާތައް

  • އާދައިގެ މެމްބަރުންނަށް ވިކިޕީޑިޔާގެ މައި ސަފްހާ އަށް އުނިއިތުރު ކުރުމުގެ ހުއްދަ ލިބިގެން ނުވެއެވެ. އެހެންނަމަވެސް އެޑްމިނިސްޓްރޭޓަރަކަށް މައި ޞަފްޙާ، GFDL، އަދި އެހެނިހެން ރައްކާ ކުރެވިފައިވާ ޞަފްޙާތަކަށް އުނި އިތުރު ގެނެވޭނެއެވެ. އެޑްމިނިސްޓްރޭޓަރެއް ނޫން މެމްބަރުންނަށް މައިޞަފްޙާ އާއި މެދު މި ޞަފްޙާ ގައި ޚިޔާލު ހުށަހެޅިދާނެއެވެ. މައި ޞަފްޙާ ރައްކާތެރި ނުކޮށްފިނަމަ ގެއްލުންދޭ މީހުން އެންމެ ގެއްލުންދޭ ޞަފްޙާ އަކަށް އެޞަފްޙާ ވެގެން ދާނެއެވެ.
  • ރައްކާކުރެވިފައިވާ ޞަފްޙާ އަށް އުނިއިތުރުގެނައުމުގެ އިތުރަށް ޞަފްޙާތައް ރައްކާ ކުރުމުގެ ޤާބިލުކަންވެސް އެޑްމިނިސްޓްރޭޓަރުންނަށް ލިބިގެންވެއެވެ.

[އުނިއިތުރު ގެންނަވާ] ޞަފްޙާ އެއް ފޮހެލުން ނުވަތަ ފޮހެފައިވާ ޞަފްޙާ އެއް އިއާދަ ކުރުން

  • އެޑްމިނިސްޓްރޭޓަރުންނަށް ޞަފްޙާތައް ފޮހެލުމުގެ ބާރު ލިބިގެންވެއެވެ. އެހެންނަމަވެސް ޞަފްޙާ އެއް ފޮހެލުމުގެ ކުރިން އެ ޞަފްޙާއެއް ފޮހެލާ ސަބަބު ބަޔާން ކުރަންވާނެއެވެ. މިބަޔާން ކުރެވުނު ސަބަބު ރެކޯޑު ކުރެވޭނެއެވެ.
  • އެޑްމިނިސްޓްރޭޓަރުންނަށް ޞަފްޙާ އެއް ފޮހެލުމުގެ އިތުރަށް ފޮހެލެވިފައިވާ ޞަފްޙާ އެއް އިޢާދަވެސް ކުރެވޭނެއެވެ. މިގޮތުން ޞަފްޙާތަކުގެ އިތުރަށް ފޮހެލެވިފައިވާ ފޮޓޯ އަދި ޞަފްޙާތަކުގެ ތާރީޙު ވެސް އިޢާދަ ކުރެވޭނެއެވެ.

[އުނިއިތުރު ގެންނަވާ] އެހެނިހެން މެމްބަރުންނާއި މެދު ފިޔަވަޅު އެޅުން

  • ބަޔާން ކުރެވިފައިވާ މުއްދަތަކަށް އައި.ޕީ އެޑްރެސް، އަދި މެމްބަރުންނަށް ވިކިޕީޑިޔާ އަށް އުނި އިތުރު ނުގެނެވޭ ގޮތަށް ބްލޮކް ކުރުމުގެ ބާރރު އެޑްމިނިސްޓްރޭޓަރުންނަށް ލިބިގެންވެއެވެ.
  • އަދި ހަމަ އެހެންމެ އަބްލޮކް ކުރެވުނު ނުވަތަ ބްލޮކް ކުރެވިފައިވާ އައި.ޕީ އެޑްރެހެއް ނުވަތަ މެމްބަރެއް އަންބްލޮކް ކުރެވޭނެއެވެ. އަންބްލޮކް ކުރެވުމުން އެ މެމްބަރަކަށް ނުވަތަ އައި.ޕީ އަކުން އަލުން ވިކިޕީޑިޔާ އަށް އުނިއިތުރުގެނެވޭނެއެވެ.

[އުނިއިތުރު ގެންނަވާ] އެހެނިހެން

ބައެއް ކަންތައްތަކަކީ ހަމަ އެކަނި އެޑްމިނިސްޓްރޭޓަރުންނަށް ކުރެވޭނެ ކަންކަމެވެ. މީގެ ތެރޭގައި

  • އެޑްމިނިސްޓްރޭޓަރުންނަށް ރައްކާ ކުރެވިފައިވާ ޞަފްޙާ ތަކުގެ ނަން/ތަން ބަދަލު ކުރެވޭނެއެވެ.
  • އެޑްމިނިސްޓްރޭޓަރުންނަށް ފޮހެވިފައިވާ ޞަފްޙާ ތަކުގެ ތާރީހް ބެލޭނެއެވެ.

ް

[އުނިއިތުރު ގެންނަވާ] އެޑްމިނިސްޓްރޭޓަރަކަށް ވުން

[އުނިއިތުރު ގެންނަވާ] އެޑްމިނިސްޓްރޭޓަރަކަށް ވާން އެދުމުގެ ކުރިން

  • ދިވެހި ވިކިޕީޑިއާގެ އެޑްމިނިސްޓްރޭޓަރަކަށް ވެވޭނީ ދިވެހި ވިކިޕީޑިއާގެ މެންބަރުކަން ޙާޞިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިވެހި ބަސް ދަންނަ، ދިވެހި ބަސް ރަނގަޅަށް ލިޔަންކިޔަން ދަންނަ ދިވެހި ބަހުގެ ހަގީގީ އަހުލުވެރި އަކަށެވެ. (ވިކިމީޑިޔާގެ ބައެއް ޕްރޮޖެކްޓް ތަކުގައި ހަރަކާތްތެރިވެ އުޅުއްވާ ސްޓިވާޑުން ނުހިމެނެއެވެ.) މިގޮތުން ގިނަ ބަސްތައް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ދިވެހި ވިކިޕީޑިއާގެ އެޑްމިނިސްޓްރޭޓަރަކަށް ވެވޭނީ ދިވެހި ވިކިޕީޑިއާގެ މެންބަރުކަން ޙާޞިލް ކުރެއްވުމަށް ފަހު މަދުވެގެން 6 މަސް ދުވަހު ދިވެހި ވިކިޕީޑިއަށް އެމެންބަރެއްގެ ޚިދުމަތް ލިބުމުންނެވެ. އަދި މިދެންނެވި މުއްދަތުގެ ތެރޭގައި މަދުވެގެން 25 މަޒުމޫނު ދިވެހި ވިކިޕީޑިއާ އަށް އެމެންބަރަކު ލިޔުއްވާފައި ވާންޖެހޭނެއެވެ. ބަޔާންކުރެވުނު 25 މަޒުމޫނު ވާންޖެހޭނީ ގަބޫލުކުރެވޭ ފެންވަރަކަށް ވަކި ދިގުމިނަކަށް ލިޔެވިފައެވެ. އަދި އެމެންބަރަކު ލިޔެފައިވާ މަޒުމޫނެއްގެ ދިގުމިނާއި ފެންވަރު ބަލައި މިދެންނެވުނު އަދަދަށް މަޒުމޫނު ލިޔެފައި ހުރިކަމަށް ކަނޑައަޅާނީ އެއިރެއްގައި އެޑްމިނިސްޓްރޭޓަރުކަން ކުރައްވަމުން ގެންދަވާ އެޑްމިނިސްޓްރޭޓަރުންގެ ޓީމާއި އެއިރެއްގައި އެންމެ ހަރަކާތް ތެރިކޮށް އުޅުއްވާ މެމްބަރުންނެވެ.
  • ބަޔާންވެ ދެންނެވުނު ގޮތަށް ޢަމަލު ކުރެއްވުމަށްފަހ،ު އެޑްމިނިސްޓްރޭޓަރުކަން ޙާޞިލް ކުރައްވަން ބޭނުންފުޅުވާ މެންބަރަކު އެކަމަށް ޚާއްޞަ ޞަފްޙާގައި އެޑްމިންޝިޕް އަށް އެދެން ޖެހޭނެއެވެ. މިގޮތަށް ކަންތައް ކުރެއްވުމުން އެޑްމިނިސްޓްރޭޓަރުންނާއި އެއިރެއްގެ އެންމެ ހަރަކާތްތެރިވެ އުޅުއްވާ މެންބަރުންގެ މެދުގައި އެމެންބަރަކަށް އެޑްމިންޝިޕް ދޭން ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ. އެހެންކަމުން އެމެންބަރަކަށް އެޑްމިންޝިޕް ދެވޭނީ ނެގޭ ފެންނަ ނުފެންނަ ވޯޓުން އެމެމްބަރަކަށް އެޑްމިންޝިޕް ދިނުމުގެ އަޣްލަބިއްޔަތު ލިބިއްޖެ ނަމައެވެ.
  • ފުރަތަމަ ފަހަރަށް އެޑްމިންޝިޕް އަށް އެދުމުން އެޑްމިނިސްޓްރޭޓަރުކަން ނުލިބިއްޖެނަމަ ދެވަނަ ފަހަރަށް އެޑްމިންޝިޕަށް އެދެވޭނީ 3 މަސްދުވަހުގެ މުއްދަތެއް ހޭދަވުމަށްފަހު އެވެ. އަދި މި 3 މަސްދުވަހުގެ ތެރޭގައި އެމެމްބަރެއްގެ ޚިދުމަތް ދިވެހި ޕީޑިއާއަށް ލިބުމުންނެވެ. އަދި ދެވަނަ ފަހަރު ވެސް އެޑްމިންޝިޕަށް އެދުމުން ކުރިން ބަޔާންކުރެވުނު ބީދައިން ޢަމަލުކުރެވޭނެއެވެ.

[އުނިއިތުރު ގެންނަވާ] އެޑްމިނިސްޓްރޭޓަރު ކަން ލިބުމަށްފަހު

  • އެޑްމިނިސްޓްރޭޓަރަކަށް ވުމަށްފަހު ވެސް ކުރިއެކޭ އެއްގޮތަށް އެމީހެއްގެ ޚިދުމަތް ނުވަތަ ކޮންޓްރިބިއުޝަން ދިވެހި ވިކިޕީޑިއާ އަށް ލިބެންޖެހޭނެއެވެ. އެއީ ދިވެހި ވިކިޕީޑިއާ އަށް ކޮންޓްރިބިއުޓްކުރުމަކީ ހަމައެކަނި އެޑްމިނިސްޓްރޭޓަރުކަން ޙާޞިލްކުރުމަށް ކުރެވޭ ކަމަކަށްވިޔަ ނުދިނުމަށްޓަކައެވެ.
  • އެޑްމިނިސްޓްރޭޓަރުކަން ޙާޞިލް ކުރެއްވުމަށްފަހު ދިވެހި ވިކިޕީޑިއާގެ އެކިއެކި ބައިތައް ފުރިހަމަކޮށް ރަގަޅުކޮށް، ބައިބަޔަށް އުނިއިތުރުގެނެސް ހެދުމުގައި އެޑްމިނިސްޓްރޭޓަރެއްގެ ހައިސިއްޔަތުން އެމެންބަރެއްގެ ދައުރު ފުރިހަމަ ކުރަން ޖެހޭނެއެވެ. އެގޮތުން ތަފާތު ނެރު، ފާލަން، ގިސްމު، ޓެމްޕްލޭޓް ފަދަ ބައިތައް އުފައްދައި ހެދުމުގައި ޢަމަލީގޮތުން ބައިވެރިވާން ޖެހޭނެއެވެ.
  • އެޑްމިނިސްޓްރޭޓަރުކަން ޙާޞިލް ކުރެއްވުމަށްފަހު ދެންތިބޭ އެހެނިހެން މެމްބަރުންނާއި އެޑްމިނިސްޓްރޭޓަރުންނަށް ވީއެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އެގޮތުން ދިވެހި ވިކިޕީޑިއާ އާއި ބެހޭގޮތުންނާއި، އަދި ވިކިޕީޑިއާގެ ތަފާތު ބައިތަކާއި ބެހޭގޮތުން އެހެން އެޑްމިނިސްޓްރޭޓަރުންނާއި ޚިޔާލު ބަދަލުކޮށް ހަދައި، އެހީތެރިވެ ދޭންޖެހޭނެއެވެ.
  • ގިނަގިނައިން ވިކިޕީޑިޔާ އަށް ގެނެވިފައިވާ އެންމެފަހުގެ ބަދަލުތައް ބައްލަވައި އެހެން މެމްބަރުން މަޒްމޫނުތަކަށް ގެންނަވާ ބަދަލު ބައްލަވައި މޮނީޓަރ ކުރައްވަން ޖެހޭނެއެވެ. މިގޮތުން މެމްބަރުކަން ހާސިލް ނުކޮށް އައ.ޕީ އެޑްރެސް ތަކުން ގެންވާ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަންޖެހޭނެއެވެ. އަދި މެމްބަރަކު ނުވަތަ މެމްބަރުކަން ހާސިލް ނުކޮށް އައ.ޕީ އެޑްރެސް ތަކުން މަޒްމޫނު ހަލާކު ކޮށްފައިވާ ނަމަ އެމެމްބަރަކަށް ނުވަތަ އެ އައ.ޕީ އެޑްރެސް އަކަށް އިންޒާރު ދޭންޖެހޭނެއެވެ. އަދި އިންޒާރު ދިނުމަށްފަހުގައިވެސް އެ މެމްބަރެއް ނުވަތަ އައ.ޕީ އެޑްރެސް އިން ދިވެހި ވިކިޕީޑިޔާ އަށް އެއްވެސް އުނިއިތުރެއް ނުގެނެވޭ ފަދަ ގޮތެއްގައި ބްލޮކް ކޮށްލެވޭނެއެވެ.
  • އެއްވެސް އެޑްމިނިސްޓްރޭޓަރަކު ވިކިޕީޑިއާގެ ގަވާޢިދާއި ޚިލާފްވެގެން ނުވާނެއެވެ. މިދެންނެވި ގަވާޢިދުތަކާއި ޚިލާފުވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅި އެޑްމިނިސްޓްރޭޓަރު ކަމުން އެމެންބަރަކު ވަކިކުރެވޭނެއެވެ. އަދި ދިވެހި ވިކިޕީޑިއާގެ އިތުރުން އިގިރޭސި އަދި މިނޫނަސް އެހެނިހެން ބަސްބަހުން ހެދިފައިވާ ވިކިޕީޑިއާ ތަކުގެ ގަވާޢިދަށް އިހްތިރާމް ކުރަންޖެހޭނެއެވެ.
  • ދިވެހި ވިކިޕީޑިއާ ގެ މުސްތަގުބަލާއި ކުރިމަތިވެފައި ހުންނަ މައްސަަލަ ތަކާއި، ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާކުރުމަށް މަދުވެގެން މަހަކު އެއްފަހަރު އޮންލައިން ބައްދަލުވުމެއް ނުވަތަ ސެޝަނެއް ބޭއްވޭނެއެވެ. މިގޮތުން ބޭއްވޭ އޮންލައިން ބައްދަލުވުމަށް ހުރިހާ އެޑްމިނިސްޓްރޭޓަރުންގެ އިތުރުން އެވަގުތަކު އެންމެ ހަރަކާތްތެރިކަމަށް ފާހަގަވާ އާންމު މެންބަރުންގެ ތެރެއިން މަދުވެގެން 5 މީހަކަށް ދައުވަތު ދެވިދާނެއެވެ. މީގެ ބޭނުމަކީ ދިވެހި ވިކިޕީޑިއާގެ ބައްޓަން ރަގަޅު ކުރުމުގައި އާންމު މެންބަރުންގެ ޙިއްޞާ އިތުރު ކުރުމެވެ.
  • ދިވެހި ވިކިޕީޑިއާގެ އެޑްމިނިސްޓްރޭޓަރުކަން ޙާޞިލް ކުރެއްވުމަށްފަހު އެމެންބަރަކު ހަރަކާތްތެރި ނުވާކަން ފާހަގަ ކުރެވޭނަމަ ދެން ތިބޭ އެޑްމިނިސްޓްރޭޓަރުންގެ މެދުގައި ހަރަކާތްތެރިނުވާ މެންބަރު ނުވަތަ އެޑްމިނިސްޓްރޭޓަރާ މެދު ޢަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް މަޝްވަރާ ކުރެވޭނެއެވެ. އަދި މިގޮތުގެ މަތީން މަޝްވަރާ ކުރުމަށްފަހު އެއެޑްމިނިސްޓްރޭޓަރަކަށް ހަރަކާތްތެރިވުމަށް އެދި އިންޒާރުގެ ނޯޓިސް ފޮނުވޭނެއެވެ. އެގޮތުން ވެސް އެއެޑްމިނިސްޓްރޭޓަރަކު ހަރަކާތްތެރި ނުވެއްޖެނަމަ ދެންތިބި އެޑްމިނިސްޓްރޭޓަރުންގެ މެދުގައި ހަރަކާތްތެރިނުވާ އެޑްމިނިސްޓްރޭޓަރުގެ އެޑްމިންޝިޕް އަތުލުމަށް ވޯޓްނެގުމުގެ ސެޝަނެއް ބޭއްވޭނެއެވެ. މިސެޝަނުގައި ގިނަ އެޑްމިނިސްޓްރޭޓަރުންނަށް ހަރަކާތްތެރިނުވާ މެންބަރުގެ އެޑްމިންޝިޕް އަތުލައި އެޑްމިނިސްޓްރޭޓަރު ކަމުން އެމެންބަރަކު ވަކިކުރެވޭނެއެވެ.
  • މިގަވާޢިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ނުވަތަ މީގައި ނުހިމެނޭ މައްސަލައެއް ފެންމަތިވެއްޖެނަމަ އެކަމެއް ނިންމާނީ އެއިރެއްގައި ދިވެހި ވިކިޕީޑިއާގައި ހަރަކާތްތެރިވާ އެޑްމިނިސްޓްރޭޓަރުންގެ ޓީމުންނެވެ.

[އުނިއިތުރު ގެންނަވާ] އެހެނިހެން މެމްބަރުންގެ ބާވަތްތައް

އެޑްމިނިސްޓްރޭޓަރުންގެ އިތުރަށް އެހެނިހެން މެމްބަރުންގެ ބާވަތްތަކެއްވެސް ވެއެވެ.

[އުނިއިތުރު ގެންނަވާ] އައި.ޕީ އެޑްރެސް

މެމްބަރަކަށް ނުވެ ވިކިޕީޑިޔާ އަށް ވަންނަ ކޮންމެ ބޭފުޅަކަށްވެސް ގިނަ ކަންތައް ކުރެވޭނެއެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަން: މަޒުމޫނު ތަކަށް އުނި އިތުރު ގެނައުން ހިމެނެއެވެ.

[އުނިއިތުރު ގެންނަވާ] މެމްބަރުކަން ޙާސިލް ކޮށްފައިވާ މެމްބަރުން

މެމްބަރުކަން ޙާސިލް ކޮށްފައިވާ މެމްބަރުންނަށް އައި.ޕީ އެޑްރެސް އަކުން ވަދެގެން ކުރެވޭ ކޮންމެ ކަމެއް ކުރެވޭނެއެވެ. މީގެ އިތުރަށް ފައިލު ފޮނުވުން، އާ މަޒުމޫނެއް ފެށުން އަދި މަޒުމޫނުތަކުގެ ތަން ބަދަލު ކުރުން ހިމެނެއެވެ. އަދި ސެމީ-ޕްރޮޓެކްޓެޑް ޞަފްޙާ ތަކަށް އުނިއިތުރު ގެނައުމުގެ ބާރުވެސް މެމްބަރުކަން ޙާސިލް ކޮށްފައިވާ މެމްބަރުންނަށް ލިބިގެންވެއެވެ.

[އުނިއިތުރު ގެންނަވާ] ބޮޓްސް

ބޮޓް މެމްބަރުން މަޒުމޫނަކަށް ގެންނަ ބަދަލުތައް ފަހުބަދަލު ޞަފްޙާގައި ނުފެންނާނެއެވެ.

[އުނިއިތުރު ގެންނަވާ] ބިއުރޯކްރެޓުން

ބިއުރޯކްރެޓުންނަކީ ވެސް އެޑްމިނިސްޓްރޭޓަރުން ފަދަ މެމްބަރުންނެވެ. އެހެންނަމަވެސް މިމެމްބަރުންނަށް އެޑްމިނިސްޓްރޭޓަރުންނަށް ނުކުރެވޭ ގިނަ ކަންތަކެއް ކުރުމުގެ ޤާބިލްކަން ލިބިގެންވެއެވެ. މިގޮތުން އެހެން މެމްބަރުންނަށް އެޑްމިނިސްޓްރޭޓަރު ކަން ދިނުން، މެމްބަރުގެ ނަން ބަދަލު ކުރުން ހިމެނެއެވެ. އެހެންނަމަވެސް އެޑްމިނިސްޓްރޭޓަރު ކަން މެމްބަރަކަށް ދިނުމަށްފަހު އެބާރު އަލުން ނެގުމުގެ ބާރެއް ލިބިފައެއް ބިއުރޯކްރެޓަކަޑް ލިބިފައެއް ނުވެއެވެ.

[އުނިއިތުރު ގެންނަވާ] އޯވަރސައިޓް މެމްބަރުން

[އުނިއިތުރު ގެންނަވާ] ސްޓިވާރޑް

ސްޓިވާރޑްކަން ދެވިފައިވާ މެމްބަރަ ވިކިމީޑިޔާގެ ކޮންމެ ޕްރޮޖެކްޓެއްގެ މެމްބަރަކަށް އެ މެމްބަރަކު އެދިލައްވާ ޤާބިލިއްޔަތުކަމެއް ދިނުމުގެ ބާރު ލިބިގެބް ވެއެވެ. އަދި ހަމަ އެހެންމެ މެމްބަރަކަށް ދެވިފައިވާ ބާރު އެންމެ އެކަށީގެންވާ ގޮތަށް އެމެމްބަރަކު ބޭނުން ނުކުރާނަމަ ނެގުމުގެ ހައްގު ވެސް ސްޓިވާރޑުންނަށް ލިބިގެންވެއެވެ.

[އުނިއިތުރު ގެންނަވާ] ޑިވެލޮޕާރސް އިން

ވިކިޕީޑިޔާގެ ޑޭޓާރ ބޭސް، މީޑިޔަރ ވިކި ސޮފްޓްވެއަރ އަދި ވިކިމީޑިޔަރ ވިކި ފާރމްއަށް ސީދާގޮތެއްގައި އުނިއިތުރު ގެންނަވާ ބޭފުޅުންނަށް އެންމެ މަތީ އެކްސެސް ލެވަލްއަކަށް ލިބޭނީ ޑިވެލޮޕަރ ކަމުގެ މަޤާމެވެ. (އެކްސެސް ލެވަލްތައް ފާހަގަކޮއް އަޅާކިއަން އުނދަގުވުން އެކަށީގެންވެއެވެ.) މިމަޤާމުގައި ތިއްބަވާ ބޭބޭފުޅުން އެޑްމިން މަސައްކަތް ނުކުރާނެކަން ފާހަގަ ކޮއްލަމެވެ.

މިމަޤާމުގައި ތިއްބަވާ ބޭބޭފުޅުންނާ ބައްދަލުކޮއްލައްވަން ބޭނުންފުޅުނަމަ wikitech-l mailing list އިން ބައްދަލުކުރެއްވެވޭނެއެވެ. ޑިވެލޮޕަރސް ގެ ތެރެއިން ބައެއްބޭބޭފުޅުންނާއި އެބޭބޭފުޅުންގެ މައުލޫމާތު ހޯއްދެވުމަށް m:Developers އަށް ޒިޔާރަތް ކޮށްލައްވާ.

[އުނިއިތުރު ގެންނަވާ] އެޑްމިނިސްޓްރޭޓަރަކު ކަންކުރީ އެންމެ އެކަށީގެންވާ ގޮތައް ހެއްޔެވެ؟

އެޑްމިނިސްޓްރޭޓަރަކު ތިމާ ނުވަތަ އެހެން މެމްބަރަކާއި ދޭތެރޭގައި ކަންކުރި ގޮތާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެ އެޑްމިނިސްޓްރޭޓަރަކާއި ސީދާ ވާހަކަ ދައްކާށެވެ. އެހެން ނޫންނަމަ އެޑްމިނިސްޓްރޭޓަރަކު ނިންމި ނިންމުމާއި މެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭ އެޑްމިނިސްޓްރޭޓަރަކާއި ވާހަކަ ދައްކާށެވެ.

[އުނިއިތުރު ގެންނަވާ] އިތުރަށް

އެއްވެސް އެޑްމިނިސްޓްރޭޓަރަކު ވިކިޕީޑިޔާގެ ގަވާއިދާއި ޚިލާފްވެގެން ނުވާނެއެވެ. މިދެންނެވި ގަވާއިދުތަކާއި ޚިލާފްވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅޭނެއެވެ. އެހެންކަމުން ވިކިޕީޑިޔާގެ ސްޓިވާރޑް އަކާއި ވާހަކަ ދެކެވި އެޑްމިނިސްޓްރޭޓަރުކަމުން އެމެމްބަރަކު ދުރުކުރެވޭނެއެވެ.

އަދި

2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެޑްމިނިސްޓްރޭޓަރުންނާއި މުޚާތަބް ކޮށް ޖިމްބޯ ވޭލްސް ބުނެފައިވެއެވެ.

I just wanted to say that becoming a sysop is *not a big deal*.

I think perhaps I'll go through semi-willy-nilly and make a bunch of people who have been around for awhile sysops. I want to dispel the aura of "authority" around the position. It's merely a technical matter that the powers given to sysops are not given out to everyone.

I don't like that there's the apparent feeling here that being granted sysop status is a really special thing.

—Jimbo Wales, wikimedia.org archive entry, gmane archive entry


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -