ބަޙްރައިން
ވިކިޕީޑިއާ އިން
ބަޙްރައިން ، ބަޙްރައިނަކީ ޖަޒީރާ ޤައުމެކެވެ. މިއީ ޢަރަބި ޤައުމު ތަކުގެތެރެއިން އެންމެ ކުޑަ ޤައުމެވެ.ކިންގ ފަހުދް ކޯޒްވޭ މެދުވެރިކޮށް ބަޙްރައިން ވަނީ ސަޢޫދީ ޢަރަބިއްޔާ އާއި ގުޅާލެވިފައެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
އ.ދގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ އިޖްތިމާޢީ ކޮމިޝަނުން 2006ވަނަ އަހަރު ބަޔާން ކޮށްފައިވާ ގޮތުން ބަޙްރައިންގެ އިޤްތިޞާދަކީ ޢަރަބި ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިޤްތިޞާދެވެ.ހަމަ އެއާއެކު ބަޙްރައިންގެ އިޤްތިޞާދަކީ ޢަރަބި ދުނިޔޭގެ އެންމެ މިނިވަން އަދި ދުނިޔޭގެ ނިސްބަތުން 25ވަނަ އަށް އެންމެ މިނިވަން އިޤްތިޞާދެވެ.ބަޙްރައިންގެ އިޤްތިޞާދުގެ 30 އިންސައްތަ ޙިއްސާކުރަނީ ތެލުގެ ވިޔަފާރިއެވެ.