Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ޢަބްދުﷲ ސަޢީދު - Wikipedia

ޢަބްދުﷲ ސަޢީދު

ވިކިޕީޑިއާ އިން

ޢަބްދުﷲ ސަޢީދު

އުފަންވީ އޮކްޓޯބަރ 29، 1973
މަނަދޫ (ނ. އަތޮޅު) ގައި
މަސައްކަތް ލިޔުންތެރިއެއް
ދީން އިސްލާމް
ޙަޔާތުގެ ބައިވެރިޔާ ފާތުމަތު އަންވަރީ


ޢަބްދުﷲ ސަޢީދު އަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ " ރަސްއައިން" މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ " އައްޑަނަ" މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ. އަދި މަނަދޫ ލައިވް ވެބްސައިޓް ޓީމުގައިވެސް ޢަބްދުﷲ ސަޢީދު ހިމެނިވަޑައިގަންނަވައެވެ. ޢަބްދުﷲ ސަޢީދަކީ އައްޑަނަ މަޖައްލާގެ އެސޯސިއޭޓް އެޑިޓަރެވެ.

ޢަބްދުﷲ ސަޢީދަކީ އެހެން މީހުންގެ އިޙްސާސްތައް ދެނެވަޑައިގެން، އެހެންމީހުންގެ ޚިޔާލުތަކަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. އިންސާފަށް ލޯބިކުރައްވާ ލިޔުންތެރިކަމުގެ ރޮގުން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަނަދޫގެ ތާރީޚަށްޓަކައި ކުރައްވާފައިވާ ޚިދުމަތްތަކެވެ. އޭގެ ތެރޭގައި މަނަދޫގައި މީހުންގެ ތުންތުންމަތިން އައިސްފައިވާ ފޯކްލޯރުތައް އެއްކުރައްވާ ޝާއިޢުކުރެއްވުމާއި މަނަދޫގެ އެކިއެކި ޝަހުސިއްޔަތުގެ ހަޔާތުނާމާ ލިޔުއްވުމާއި މަނަދޫ ބަސްފޮތް އެކުލަވާލެއްވުން ހިމެނެއެވެ. މަނަދޫ ބަސްފޮތަކީ މަނަދޫ މީހުން ތަކެއްޗަށްކިޔާ ނަންނަމުގެ ތެރެއިން ދިވެހިބަސްފޮތުގައި ނުހިމެނޭ ނަންނަމުގެ ބަސްފޮތެކެވެ. ނުވަތަ މަނަދޫ މީހުން ކިޔާގޮތާއި ދިވެހި ބަސްފޮތުގައިވާގޮތް ތަފާތު ބަސްތަކުގެ ބަސްފޮތެކެވެ.


ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ވަނަވަރު

މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީކަލޭފާނު( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޒުލޭޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަނބަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ. ޢަބްދުﷲ ސަޢީދުގެ ހޯމްޕޭޖް އެޑްރެހަކީ http://www.hafthaa.com އެވެ.


[އުނިއިތުރު ގެންނަވާ] ނަސަބު

 
 
ޤާސިމް ހާރޫނު (މަނަދޫ ކާސިންހާޖީ)
 
މަރިޔަމް މޫސާ
 
އިބްރާހިމް ޙަސަން
 
ފާތުމަތު މޫސާ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ސަޢީދު ޤާސިމް
 
 
 
 
 
ޒުލޭޚާ އިބްރާހިމް
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޢަބްދުﷲ ސަޢީދު
 
 
 
 
 
 
 


[އުނިއިތުރު ގެންނަވާ] ތުއްތުއިރުގެ ދިރިއުޅުން

ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ ނ. މަނަދޫއަށެވެ. އެންމެ ތުއްތު އިރު ދިރިއުޅެފައިވަނީ މަނަދޫ ބޮޑުކާށިގޭގައެވެ. އޭގެފަހުން ދިރިއުޅެމުން އައީ މަނަދޫ މާލްރޯޑްގައެވެ. ކިޔަވާފައިވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ.ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވި އެދުރު ދައިތައިންގެ ތެރޭގައި ޙައްވާފުޅު ދައިތަ، މަނަދޫ ކަންމަތީގެ ފާތުމަދައިތަ، މަނަދޫ އުޑުވިލާގެ މަރިޔަމް މަނިކެދައިތަ ހިމެނެއެވެ. ޢަބްދުﷲ ސަޢީދު ޤުރުއާން ކިޔެވީ އޭނާގެ ލޮބުވެތި ބައްޕަ ސަޢީދު ޤާސިމްގެ އަރިހުންނެވެ. ޢަބްދުﷲ ސަޢީދަކީ ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ސްކޫލް ކެޕްޓަނެވެ. މީނާވަނީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސްކައުޓް ޖަމްބޮރީގައި ބައިވެރިވެފައެވެ. މީނާއަކީ ސްކައުޓް ލީޑަރެކެވެ.

[އުނިއިތުރު ގެންނަވާ] ޒުވާން އިރުގެ ދިރިއުޅުއްވުން

ނ.އަތޮޅު މަދަރުސާއިން ކިޔަވާ ވިދާޅުވެގެން ސްކޫލް ޙަޔާތް ނިންމަވާފައި ޢަބްދުﷲ ސަޢީދު ސަރުކާރަށް ވެދެވަޑައިގެންނެވިއެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ ނ. އަތޮޅު އޮފީހުގައެވެ. އޭގެފަހުން ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެމްއެންޑީއެފްގައެވެ. ޢަބްދުﷲ ސަޢީދުއަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާވަނީ މަނަދޫ އެކުވެރިންގެ ގުޅުމަށް އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކުޅެފައެވެ. އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އުފުއްލަވާފައިވެއެވެ. އޭގެފަހުން އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް ޓީމަށް ފުޓްބޯޅަ ކުޅެފައިވެއެވެ.


[އުނިއިތުރު ގެންނަވާ] ޒަވާޖީ ޙަޔާތް

ޢަބްދުﷲ ސަޢީދު ކައިވެނި ބައްލަވައިގެންފައިވަނީ ނ. މަނަދޫ ކަރަންކާވިލާ އަލްފާޟިލާ ފާޠިމަތު އަންވަރީއެވެ. ޢަބްދުﷲ ސަޢީދު އިތުރު ކައިވެންޏެއް ކުރައްވާފައެއް ނުވެއެވެ. މިކައިވެންޏަށް 2 ދަރިން ލިބިވަޑައިގެންނެވިއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދެވެ.


[އުނިއިތުރު ގެންނަވާ] ކައިވެނި ކުރެއްވި ބޭފުޅުން

01- ފާތުމަތު އަންވަރީ

  • ފާތުމަތު އަންވަރީއަކީ މަނަދޫ ހާރޫނު ހާޖީކަލޭފާނުގެ އިބްރާހިމް ހާރޫނުގެ މުޙައްމަދު ސަލީމު ، މަނަދޫ ކުޑަމަނިކުގެ މޫސާމަނިކުގެ ހާރޫނު މޫސާ ގެ އައިމިނަތު ހަފުސާ އާ ކައިވެނި ބައްލަވައިގެން އެދެބޭފުޅުންނަށް ލިބިވައިގެންނެވި 4 ވަނަ ދަރިކަނބަލުންނެވެ.

[އުނިއިތުރު ގެންނަވާ] ލިބިވަޑައިގެންނެވި ބޭފުޅުން

01- އީމާ ޢަބްދުﷲ ސަޢީދު

02- އީހާ ޢަބްދުﷲ ސަޢީދު


[އުނިއިތުރު ގެންނަވާ] އަދާކުރެއްވި ވަޒީފާތައް

01- ނ. އަތޮޅު އޮފީހުގެ ކާތިބުކަން

02- އެން.އެސް.އެސްގެ ޕްރައިވެޓްކަން

03- އެން.އެސް.އެސްގެ ލާންސް ކޯޕްރަލް ކަން

04- އެން.އެސް.އެސް ގެ ކޯޕްރަލްކަން

05- އެމް.އެން.ޑީ.އެފް ގެ ސާޖެންޓްކަން

06- އެމް.އެން.ޑީ.އެފް ގެ ސްޓާފް ސާޖެންޓްކަން


[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް

[ޢަބްދުﷲ ސަޢީދުގެ ހޯމް ޕޭޖް][1] [މަނަދޫ ލައިވް ވެބްސައިޓް] [2]


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -