Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ޒުލޭޚާ އިބްރާހިމް - Wikipedia

ޒުލޭޚާ އިބްރާހިމް

ވިކިޕީޑިއާ އިން

ޒުލޭޚާ އިބްރާހިމް ނުވަތަ ބޮޑުކާށި ކަނބުލޮއަކީ ދީނަށް ލޯބިކުރާ ހެޔޮލަފާ މީހެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އާއިލީ ނަސަބު

ބޮޑުކާށި ކަނބުލޮގެ ބައްޕާފުޅަކީ އިބްރާހިމް ހަސަން ( މޮޔަ އިބުރަބޭ ) އެވެ. މަންމާފުޅަކީ ފާތުމަތު މޫސާ ( ކަތީބު މޫސަބޭގެ ފާތުމަ ދައިތަ ) އެވެ. ޒުލޭޚާ އިބްރާހިމަށް ބޮޑުކާށި ކަނބުލޮ ކިޔަސް ޒުލޭޚާ އިބްރާހިމަކީ މަނަދޫ ބޮޑުކާށި އާއިލާގެ ބޭކަނބަލެއްނޫނެވެ. ބޮޑުކާށި ކަނބުލޮ ކިޔަނީ ބޮޑުކާށި ޙަސަންމަނިކުގެ ހުވަފަތް އަނބިކަބަލުން ފާތުމަތު މޫސާ ( ޒުލޭޚާ އިބްރާހިމްގެ މަންމާފުޅު ) އާއި އިބްރާހިމް ޙަސަން ( ޒުލޭޚާ އިބްރާހިމް ގެ ބައްޕާފުޅު ) ކައިވެނި ބައްލަވައިގެން ބޮޑުކާށިގޭގައި އުޅުއްވަނިކޮށް ލިބިވަޑައިގެން ދަރިކަނބަލަކަށް ޒުލޭޚާ އިބްރާހިމް ވީމައެވެ.


[އުނިއިތުރު ގެންނަވާ] ނަސަބުގެ ގަސް

 
 
ޙަސަން ( މާކުރަތު ޙަސަންބެ )
 
ދޮންކަމަނަ ( ބަނޑޭރިގެ ދޮންކަމަނަ )
 
މޫސާ (ކަތީބުގެ މޫސަބޭ )
 
ސިއްތި
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
އިބްރާހިމް ޙަސަން
 
 
 
 
 
ފާތުމަތު މޫސާ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޒުލޭޚާ އިބްރާހިމް
 
 
 
 
 
 
 

[އުނިއިތުރު ގެންނަވާ] ތުއްތުއިރުގެ ހަޔާތް

ބޮޑުކާށި ކަނބުލޮ އުފަންވެ ވަޑައިގަތީ މަނަދޫ ބޮޑުކާށިގެ ( ފަހުން މަނަދޫ ކުދިލިބޯމާގެ ) ގައެވެ. ބޮޑުފުޅުވީ އެގޭގައި އުޅުއްވަމުން ދަނިކޮށެވެ. ބޮޑުކާށި ކަނބުލޮއަކީ ދޮން ރީތި މީހެކެވެ. އިސްކޮޅުން މާދިގެން ނޫނެވެ. ކުރުވެގެން އައިބުވާވަރެއްވެސް ނޫނެވެ. ވަރަށް ވަރުގަދަ ރީތި ކަޅުކަންގަދަ އިސްތަށިގަނޑެއް އެންމެ ޒުވާން ދުވަސްވަރު އޮތެވެ. ވަރަށް ހުދުކަންގަދަ ރީތި ދަތްތަކެއް ލިބިފައިވެއެވެ.


[އުނިއިތުރު ގެންނަވާ] ތަޢުލީމް ހާސިލުކުރެއްވުން

ޒުލޭހާ އިބްރާހިމް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާން ދަސް ކުރެއްވީ މަންމާފުޅު ފާތުމަތު މޫސާ ގެ އަރިހުންނެވެ. ގާތްގަނޑަކަށް އުމުރުފުޅުން 10 އަހަރުގައި ޚަތިމު ކުރެއްވިއެވެ. ލިޔަންކިޔަން ދަސްކޮށް ދެއްވީވެސް މަންމާފުޅު ފާތުމަތު މޫސާއެވެ. ސްކޫލަށް ވަޑައިގަންނަވަން ފެއްޓެވީ 13 އަހަރުގައެވެ. އޭރުވެސް ރަނގަޅަށް ލިޔަންކިޔަން ދެނެވަޑައިގަންނަވައެވެ. ސްކޫލުން ކިޔަވާ ވިދާޅުވީ ޤުރުއާނާއި ތަޢުލީމު ދިޔާނާއާއި ދުރޫސުލްއަޚްލާޤު އާއި ދުރޫސުލްތަޖުވީދު އާއި ދުވެއްސާއި ހިސާބު އެވެ. ސްކޫލުގައި ކިޔަވާ ވިދާޅުވެ ދެއްވީ ސަޢީދު ޤާސިމާއި ހާރޫނު މޫސާ އާއި ވެލިދޫ މުޙަންމަދު ފުޅާއި ޢަބްދުއްރަހީމް އަބޫބަކުރެވެ. ޒުލޭޚާ އިބްރާހިމް ކިޔަވާ ވިދާޅުވި މަދަރުސާއަކީ މަނަދޫ ބޮޑު މަދަރުސާއެވެ. ސްކޫލަށްދަނީ ހެނދުނު 08:30 ގައެވެ. ނިމެނީ 14:30 ގައެވެ.

[އުނިއިތުރު ގެންނަވާ] ޒަވާޖީ ހަޔާތްޕުޅު

ބޮޑޫކާށި ކަނބުލޮ ކައިވެނި ބައްލަވައިގަތީ މަނަދޫ ފިނިވާގޭ އަލްފާޟިލް ސަޢީދު ޤާސިމް ( މަނަދޫ ކާސިންހާޖީ ގެ ދޮންތުއްތު ) އާއެވެ. މިދެމަފިރިން ދެ ކައިވެނި ކުރެއްވި ނަމަވެސް މި ދެބޭފުޅުންވެސް އިތުރު މީހަކާ ކައިވެނި ބައްލަވައިގެންފައެއް ނުވެއެވެ. ފުރަތަމަ ކައިވެނި ކުރެއްވީ ޒުލޭޚާ އިބްރާހިމްގެ އުމުރުފުޅުން 16 އަހަރުފުޅުގައެވެ. ކައިވެނި ބައްލަވައިގެންނެވުމަށްފަހު ޒުލޭޚާ އިބްރާހިމް ދިރިއުޅުއްވަމުން ގެންދެވީ ފިރިކަލުންގެ ބައްޕަގެ ކަމުގައިވާ ފިނިވާގޭގައެވެ.


[އުނިއިތުރު ގެންނަވާ] ދަރިން

ޒުލޭޚާ އިބްރާހިމާއި ސަޢީދު ޤާސިމް އަށް 11 ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ މުޙަންމަދު ސަޢީދު ، ފާތުމަތު ސަޢީދު ( ނިޔާވެފައި )، ޢަބްދުﷲ ސަޢީދު ، ޢަލީ ޒާހިރު، ޢަބްދުއްރަޙްމާން މުބާރިކް، އަމަތުﷲ ސަޢީދު ( ނިޔާވެފައި )، އައިޝަތު ފަރަހަނާޒް، އައިމިނަތު ފަރަހަ ދީބާ، މަރިޔަމް ފަރްހާނާ، ފަސީހާ ހަނާން އަދި ފަރަހަ ސަޢީދު ( ނިޔާވެފައި ) އެވެ. ފަރަޙަ ނިޔާވީ ވިހެއުމުގެ ތެރޭގައެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ތިއްބެވީ ސަޢީދު ޤާސިމްގެ 4 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުންނާއެކު ޖުމުލަ 8 ބޭފުޅުންނެވެ.


[އުނިއިތުރު ގެންނަވާ] ދަނބިދަރި ބޭފުޅުން

1- މުޙަންމަދު ސަޢީދުގެ އަނބިކަބަލުން ނ. މަނަދޫ ޒޭވަރު އަލްފާޟިލާ ފާތުމަތު ޒުހުރާ

2- ޢަބްދުﷲ ސަޢީދުގެ އަނބިކަބަލުން ނ. މަނަދޫ ކަރަންކާވިލާ އަލްފާޟިލާ ފާތުމަތު އަންވަރީ

3- ޢަލީ ޒާހިރުގެ އަނބިކަބަލުން މާލޭ ހިތިމާގޭ އަލްފާޟިލާ މާޝާން މޫސާ ދީދީ

4- ޢަބްދުއްރަޙްމާން މުބާރިކްގެ އަނބިކަބަލުން މާލޭ އާދިއްލީގޭ އަލްއުސްތާޛާ އަސްމާ ޢުމަރު

5- އައިޝަތު ފަރަހަނާޒުގެ ފިރިކަލުން މާލޭ ލެވެންޑްލީއާގޭ އަލްފާޟިލް ޙުސައިން ޝާކިރު

6- އައިމިނަތު ފަހަރަދީބާގެ ފިރިކަލުން ށ. ފޯކައިދޫ ކަރަންކާގޭ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ހުސައިން

7- މަރިޔަމް ފަރްހާނާގެ ފިރިކަލުން ނ. މަނަދޫ ރިވެލި އަލްފާޟިލް އަޙްމަދު ޝުޖާޢު

[އުނިއިތުރު ގެންނަވާ] މާމަ ވިދާޅުވާ ބޭފުޅުން

މުޙަންމަދު ސަޢީދާއި ފާތުމަތު ޒުހުރާގެ ނަސްލުން 1- އަދުހަމް ސަޢީދު މުޙަންމަދު ( ނިޔާވެފައި ) 2- އިނާރާ މުޙަންމަދު ސަޢީދު 3- އިބާނާ މުޙަންމަދު ސަޢީދު

ޢަބްދުﷲ ސަޢީދާއި ފާތުމަތު އަންވަރީގެ ނަސްލުން 1- އީމާ ޢަބްދުﷲ ސަޢީދު 2- އީހާ ޢަބްދުﷲ ސަޢީދު

ޢަލީ ޒާހިރާއި މާޝާން މޫސާދީދީގެ ނަސްލުން 1- ޢަލީފު ޢަލީ ޒާހިރު

ޢަބްދުއްރަޙްމާން މުބާރިކާއި އަސްމާ ޢުމަރުގެ ނަސްލުން 1- މުޙަންމަދު އާއިޒް މުބާރިކް

ޢައިޝަތު ފަރަހަނާޒާއި ޙުސައިން ޝާކިރުގެ ނަސްލުން 1- މުޙަންމަދު އަބާން ޙުސައިން

އައިމިނަތު ފަރަހަދީބާ އާއި އަޙްމަދު ސަމީރު އިބްރާހިމް ޙުސައިންގެ ނަސްލުން 1- ޢަބްދުއްރަޙުމާނު އަޙްމަދު ސަމީރު

ސަޢީދު ޤާސިމަށް ކާފަވިދާޅުވާ 9 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ 8 ބޭފުޅުންނެވެ. ސަޢީދު ޤާސިމަށް ފުރަތަމަ ކާފަވިދާޅުވި އަދުހަމް ސަޢީދު މުޙަންމަދު ނިޔާވީ ޑެންގީ ހުމުގެ އާލާސްކަންފުޅުގައި ޢުމުރުފުޅުން 10 އަހަރުފުޅުގައި މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.


ބޮޑުކާށިގެ ( ކުދިލުބޯމާގެ ) އުޅެބޮޑުވީ. ގުރުއާން ކިޔެވީ މަންމަ، ކިޔެވީ ބޮޑުމަދަރުސާ ، ސައީދު ޤާސިމް، ކައިވެނިކުރިއިރު އުމުރުން 15 އަހަރު، ފުރަތަމަ ކުއްޖަކު 1 އަހަރުފަހުން 16 އަހަރުގައި މުހައްމަދު، އޭގެފަހުން ވަރިކުރީ މުހައްމަދު އުމުރުން ދޮޅު އަހަރުގައި، ލިބުނީ ފާތުމަތު ސަޢީދާ، އޭނާ ނިޔާވީ 1 މަހާއި 15 ދުވަސް، އަލުން ކައިވެނިކުރީ، އަބްދުﷲ، އަލީ ، އަށް 4 މަހުގައި މާލްރޯޑަށް ބަދަލުވީ، އޭގެ ކުރިން އުޅުނީ ދެގޭގައި. ނިދަންދަނީ ފިނިވާގެއަށް. ދަރިން ލިބުނީމަ ބޮޑުކާށިގެއަށް ހެނދުނު އަންނަނީ. ނިދަން ދަނީ ފިނިވާގެއަށް، މާލްރޯޑްގައި މުބާރިކް ވިހެއީ، ޚަދީޖާ އަމަތުﷲ ލިބުނީ އޭނާ ނިޔާވީ 7 މަހުގައި. ލިބުނީ ފަރަހަނާޒު ، ދީބާ، ފަރުހާނާ، ފަސީހާ، ފަރުހާ ސަޢީދު ( ވިހެއުމުގައި ނިޔާވި )


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -