ސުލްޠާން ދިހެއި ކަލަމިންޖާ
ވިކިޕީޑިއާ އިން
ސުލްޠާން ދިހެއި ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައި ގަތީ ސުލްޠާން ދިނެއި ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ދަގަތާ އަބާރަނަ މަހާރަދުންނެވެ. މިރަދުންނަކީ ފަތަހިރިޔާ މާވާކިލެގެގެ ދަރިކަލެކެވެ. އެހެންކަމުން މިރަދުންނަކީ ސުލްޠާން ދިނެއި ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. މި ރަދުން 15 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ.
ކުރިން ހުންނެވީ: ސުލްޠާން ދިނެއި ކަލަމިންޖާ |
ދިވެހިރާއްޖޭގެ ރަދުން މީލާދީން ތޭރަވަނަ ޤަރުނު |
ފަހުން ވަޑައިގަތީ: ސުލްޠާން ވަޑީ ކަލަމިންޖާ |