ސުލްޠާން ވަޑީ ކަލަމިންޖާ
ވިކިޕީޑިއާ އިން
ސުލްޠާން ވަޑީ ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ދިހެއި ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ، ސިރީ ދަގަތާ ސުވަރަ މަހާރަދުންނެވެ. މިރަދުންނަކީ ވެސް ފަތަހިރިޔާ މާވާކިލެގެގެ ދަރިކަލެކެވެ. އެހެންކަމުން މިރަދުންނަކީ ސުލްޠާން ދިނެއި ކަލަމިންޖާ އާއި ދިހެއި ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. މި ރަދުން 20 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ.
ކުރިން ހުންނެވީ: ސުލްޠާން ދިހެއި ކަލަމިންޖާ |
ދިވެހިރާއްޖޭގެ ރަދުން މީލާދީން ތޭރަވަނަ ޤަރުނު |
ފަހުން ވަޑައިގަތީ: ސުލްޠާން ނަންނޭނގޭ ކަލަމިންޖާ |