ދަރަނބޫދޫ (ފ. އަތޮޅު)
ވިކިޕީޑިއާ އިން
ޚުލާސާ މައުލޫމާތު | |
އަތޮޅު | ނިލަންދެއަތޮޅު އުތުރުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 405 |
ދިގުމިން | 1300މ |
ފުޅާމިން | 400މ |
މާލެ އާއި ހުރި ދުރުމިން | 138ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | އަބުދުލް ޙަމީދު އާދަމް |
ރަށު އޮފީސް ފޯން ނަމްބަރު | 6740521 (960+) |
ރަށު ފެކްސް ނަމްބަރު | 6740521 (960+) |
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ޖޯގްރަފީ
ދަރަނބޫދޫ އަކީ އަތޮޅުގައި އޮތް ބިމުގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށެވެ. އާބާދީގެ ގޮތުން އެންމެ މީހުން މަދު ރަށް ވެސް މެއެވެ. އަދި ވެރިރަށް ނިލަންދޫ އާއި އެންމެ ކައިރީގައި އޮތް ރަށެވެ. ދިގުމިނުގެ ގޮތުން އަތޮޅުގައި އޮތް އެންމެ ދިގު ރަށެވެ. ދިގުމިނުގައި 1300 މީޓަރު ހުރެއެވެ ފުޅާމިނުގައި 400 މީޓަރު ހުރެއެވެ.
[އުނިއިތުރު ގެންނަވާ] އާބާދީ
2007 ޖުލައި މަހާއި ހަމައަށް މިރަށުގެ އާބާދީ އަކީ 405 އެކެވެ.
[އުނިއިތުރު ގެންނަވާ] އިގްތިޞާދު
ދަރަނބޫދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމާއި، އަދި ފާނައިގެ މަސްވެރިކަން، ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކާއި، މާލޭގެ އެކި އެކި ވަޒީފާތަކުގައި ވެސް ދަރަނބޫދޫ މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. ރަށުގައި އާމްދަނީ ހޯދުމުގެ ވިޔަފާރި ހިންގުމުގެ މަސައްކަތް މަދު ބަޔަކު ނަމަވެސް ކޮށް އުޅެއެވެ.
[އުނިއިތުރު ގެންނަވާ] ތައުލީމް
ރާއްޖެތެރޭގައި ރައްޔިތުން ހިންގަމުން ދިޔަ ސްކޫލްތައް ސަރުކާރުގެ ތަންތަނަށް ބަދަލުކުރުމާއި ހަމައަށް ދަރަނބޫދޫ ސްކޫލް ހިންގާފައިވަނީ ރައްޔިތުންނެވެ. އަދި އެދުވަސްވަރުގެ ތެރޭގައި މިސްކޫލްގައި ކިޔަވާދެވިފައިވަނީ ގްރޭޑް 7 އާއި ހަމައަށެވެ. ދަރަނބޫދޫ ސްކޫލްގައި ސާނަވީ ތަޢުލީމް ތަޢާރަފް ކުރެވިފައިވަނީ 2005 ވަނަ އަހަރު އެވެ. އެހެން ކަމުން އަދި މިސްކޫލްގެ ފަރާތުން ޖީސީ އޯލެވެލްގައި އަދި ބައިވެރިވެފައެއް ނުވެއެވެ. އަދި މިސްކޫލްގައި ކިޔަވައިދެވެނީ ހަމައެކަނި ކޮމާރސް ސްޓްރީމަށެވެ.
[އުނިއިތުރު ގެންނަވާ] ޞިއްޙީ ޚިދުމަތް
ދަރަނބޫދޫގައި ހެލްތު ޕޯސްޓެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރު ވެސް ދަރަނބޫދޫ ގައި ފެމިލީ ހެލްތު ވޯކަރެއް މަސައްކަތް ކުރައްވައެވެ.
[އުނިއިތުރު ގެންނަވާ] ފަޅު ފުންކުރުމާއި ބަނދަރު ހެދުން
ސަރުކާރުގެ ފަރާތުން ދާދިފަހުން ވަނީ ފަޅުކޮނުމުގެ މަޝްރޫޢު ފައްޓަވާފައެވެ. އަދި ފަޅުކޮނެ ނިމުމުން ދަރަނބޫދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުވެ، ދަރަނބޫދޫގެ ރައްޔިތުންނަށް ފަސޭހަ ތަކެއް ލިބިގެންދާނޭ ކަމަށް އުއްމީދު ކުރެވެއެވެ.
[އުނިއިތުރު ގެންނަވާ] ފޮޓޯ ގެލެރީ
[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް
- ފ.އަތޮޅުގެ ރަސްމީ ވެބްސައިޓް
- ނިލަންދެ.ކޮމް
- ފާފު އޮބްޒާވަރ
- އެންޓިއެފްއޯ.ބްލޮގްސްޕޮޓް.ކޮމް
- އެންޓިފާފު.ބްލޮގްސްޕޮޓް.ކޮމް
- ފ.އަތޮޅު ހޮސްޕިޓަލްގެ ވެބްސައިޓް
- ނިލަންދޫ.ބްލޮގްސްޕޮޓް.ކޮމް
- އެޓޮލްސް ވެބްސައިޓް