ބުރުނީ (ތ. އަތޮޅު)
ވިކިޕީޑިއާ އިން
ބުރުންޏަކީ އަތޮޅުގެ ވެރިކަންކުރާރަށް ވޭމަންޑޫ އާއި ގާތްގަނޑަކަށް 22 ނޯޓިކަލް މޭލު ދުރުގައި ދ އަތޮޅުގެ ބައެއްރަށްތަކާ ކައިރީގައިވާ ރަށެއް.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ބޮޑުމިނުގައި 30.5 ހެކްޓަރ ހުރި މިރަށުގެ މީހުން ދިރިއުޅުމަށް ކުރާމައިގަނޑު މަސައްކަތަކީ މާލެއާއި ރިސޯޓްތަކުގައި މަސައްކަތްކުރުމާ ފަންވިނުން.
[އުނިއިތުރު ގެންނަވާ] ތާރީޚް
ކުރިއްސުރެ ދިވެހިންގެތެރޭގައި މަޝްހޫރު ދޮންހިޔަލަ އާއި ޢަލިފުޅު ދިރިއުޅުނުކަމަށް ބުނެވޭ ބުރުނީގައި ދޮންހިޔަލަ ކަމަނާ ދިރިއުޅުނުކަމަށްބުނާ ވަޅުގަނޑުވަރު ހުރިތަނުގެ ގާގަނޑާއި އަދި ކަމަނަ އޮޅޭކިޔާތަނާ ހީނާދަނޑު ، އަދި ކަމަނާ މިސްކިތޭކިޔާ މިސްކިތެއްވެސް މިރަށުގައި ހުރޭ. 2004 ޑިސެމްބަރ 26 ގައި ދިމާވި ހިތާމަވެރި ސުނާމީގެ ކާރިސާއަށްފަހު ވަގުތީގޮތުން ވިލުފުށީ ރައްޔިތުންގެ ގިނަމީހުން މިހާރު ދިރިއުޅެމުން ގެންދަނީ ބުރުނީގައި ހަދާފައިވާ 38 ވަގުތީހިޔާގެ 152 އެޕާޓްމަންޓްގައި . މިރަށުގައި ވިލުފުށީގެ 1225 މީހުންން ދިރިއުޅެމުންދާއިރު މިރަށަކީ ބަނދަރު ހެދިފައިވާ ، ތިމާވެށީގެގޮތުން މުއްސަދި ރަހެއް.
[އުނިއިތުރު ގެންނަވާ] ފާހަގަކޮށްލެވޭ ކަންތައް
ބުރުނީގައި ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ އަހަރުގެ ވަކިމޫސުމެއްގައި ފަޅުތެރެއަށް ގިނަޢަދަދަކަށް ރާގޮނޑި ވަނުމާ، އަދި ރޯނުންހަދާފައިވާ ދަލެއްބޭނުންކޮށްގެ މިރާގޮޑިތައްހިފައި . މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަފައިދާތަކެއް ކޮށްފައިވުން. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކަށް ފެށުނުއިރު ރާގޮނޑި ވަނުން ވަރަށްމަދުވެފައިވޭ. ބަނދަރުކޮނުމާގުޅިގެން މިހާރު ވަނީ މުޅިން ރާގޮނޑިވަނުން ހުއްޓިފައި.