ފަތްތޫރަ
ވިކިޕީޑިއާ އިން
ސިލްސިލާ ލިޔުންތަކުގެ ބައި |
ޅަފަތުގެ ދައުރު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
ފަތްތޫރަ އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީސް އިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގައި ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔެވިފައި ހުރެއެވެ. ފަތްތޫރަ ފުރަތަމަ ޝާއިޢުކުރެވުނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އުފައްދަވާފައި އޮތް ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް އިންނެވެ. މިމަޖައްލާ ނެރެން ފެށުނީ ބަހާއި ބަހުގެ އަދަބަށް ޚިދުމަތް ކުރުމަށެވެ. ފަހުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު އުފެދުމުން، މިމަޖައްލާގެ މަޤްޞަދަކަށް ވެފައިވަނީ މަރުކަޒުގެ ވެސް މަޤްޞަދެވެ. އެއީ ދިވެހި ބަހަށާއި، އަދަބިއްޔާތަށާއި، ދިވެހި ތާރީޚާއި، ޘަޤާފަތަށް ޚިދުމަތް ކުރުމެވެ.
ފަތްތޫރަ މިބަސް ނެގިފައިވަނީ ވަރަށް އިހުގެ ލިޔުމަކުންނެވެ. އޭރު މިބަސް ލިޔެއުޅުނީ ފަތްތޫރާ މިހެންނެވެ. މާނައަކީ ފަތުވާ ކަމެވެ. ފަތުވާއަކީ ކަންއޮތްގޮތް ބުނެދީ ބަޔާންކޮށް ފާޅުކޮށް ހެދުމެވެ.