އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނު
ވިކިޕީޑިއާ އިން
އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނަކީ ހިޖުރައިން 12 ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރި ޅެންވެރިއެކެވެ. މީނާގެ ހިދުމަތަކަށް ފެންނާން އޮތީ ބޮޑު ތާހީދޭ ކިޔާ ރައިވަރު ފޮތެކެވެ.
މިފޮތުގައި ވަނީ، އިސްލާންދީނުގެ އަގީދާތަކާއި ހެޔޮ ނަސޭހަތްތަކުގެ ވާހަކައެވެ. ނަބީންނާއި ސަހާބީންގެ ވާހަކައެވެ. އާހިރަތްދުވަހުގެ ވާހަކައާއި އަޒާބާއި ސަވާބުގެ ވާހަކައެވެ.
މިވާހަކަތައް އެކުލަވާލައްވާފައިވަނީ، އޭރު އާންމުކޮށް ބޭނުންކޮށް އުޅުނު ޅެމުގެ ބާވަތެއް ކަމުގައިވާ ރައިވަރުންނެވެ. މިފޮތުގައި 300 އެތައް ރައިވަރެއް އޮވެއެވެ. މިފޮތް ލިޔުއްވާފައިވަނީ 1150 ހ. ގައެވެ.
އެދުރު އުމަރު މާފަތްކަލޭގެފާނާ މެދު، އަދި އެހެން ކަނަކުން ބަލާލަން ޖެހެއެވެ.
އިހުގެ ރައިވަރުތައް ހުންނަނީ، ބަސްތަކުގެ އަދަދަކަށް ކާފިޔާ ހަމަ ކުރުމަކަށް މާބޮޑު ބެލުމެއް ނެތިއެވެ. މިހެން މިކަން އޮއްވައި ވަކި ގަވައިދު ތަކެއް ހިފަހައްޓަވައިގެން ތިންބަސް ރައިވަރާ ހަބަސް ރައިވަރުގެ މައްޗަށް ރައިވަރުތައް އެންމެ ފުރަތަމަ ހަމަޖެއްސެވި ކަމަށް ބުނެވެނީ މީނާއެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި |
ޅަފަތުގެ ދައުރު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
[އުނިއިތުރު ގެންނަވާ] އަށްބަސް ރައިވަރެއް
އިރިއިރިވެ އިރުންވާ | ދިރިނުތިބެމަސްކަނޑު ދުވާ | ހިރިއުފުލި ކަނދުވަތަށްދާ | ނިރިގަހު ވަތަށް ކުރިފަޅާ | މިރިނުވެ ގޮބޮޅި ކާށިވާ | ފިރި އަންހެނުން ވަރިކުރާ | ތިރިފަތި ކަނާވެގެންޔޭމި | ދިރިއުޅެނީ ދުނިޔޭމި
[އުނިއިތުރު ގެންނަވާ] ހަތަރުބަސް ރައިވަރެއް
ނޭފަ ގޮވަތޭ ކަބަހުސި | އޭވަލަށާ ނުގެއްލަނި | ކޭ މަޑު ފަޅޯ ވިޔާ ޑާޑި | ޔޭ ދުނިލާން ސުގަ ޑާޑި
[އުނިއިތުރު ގެންނަވާ] ރައިވަރު ކޮޅެއް
އިއްތީ އަރައެ އަސްމަތީ | ދުންމީރުވަސް ގައިންފިލާ | ޖިންނި އަޔޭ ގާފިލާ
އޭވަޒީރާ މަގޭ ކުޑަ | ލާބަ ނިޔަތެއް ބައްޕަ މުއްމި | ފައި މަގުދާތި ހިނގަމުންމި
އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނުގެ ބޮޑުތާހީދު އަދި ޗާޕުކުރެވިފައެއް ނުވެއެވެ.