Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ކޮޅުމަޑުލު - Wikipedia

ކޮޅުމަޑުލު

ވިކިޕީޑިއާ އިން

ތ. އަތޮޅު ތ. އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ތ. އަތޮޅު
އަތޮޅުގެ ނަން: ކޮޅުމަޑުލު
އޮތްތަން: 2° 34' N and 2° 10' N
އިނގިރޭސި ކޯޑު: N
އަކުރު: Th (ތ)
ވެރިރަށް: ވޭމަނޑޫ
އާބާދީ: 13846
ރަށްތަކުގެ ޢަދަދު: 66
މިޙުން އުޅޭ ރަށްތައް: 13
އަތޮޅުވެރިޔާ: އަޙްމަދު ޝަރީފު އާދަމް
މީހުން އުޅޭ ރަށްތައް
ބުރުނީ ދިޔަމިގިލި ގާދިއްފުށި ގުރައިދޫ ހިރިލަންދޫ ކަނޑޫދޫ ކިނބިދޫ މަޑިފުށި އޮމަދޫ ތިމަރަފުށި ވަންދޫ ވޭމަންޑޫ ވިލުފުށި
ފަޅު ރަށްތައް


ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

ކޮޅުމަޑުލަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ވޭމަންޑޫއެވެ. ހިންދުކަނޑުގެ ޖަޒީރާ ޤައުމު ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ދެކުނަށް100 ވަރަކަށް މޭލުގެ ރާސްތާއަކަށް ގޮނޑުކޮށްލެވޭ ” ކޮޅުމަޑުލު“ މިއަތޮޅަށް ލިބިފައިވާ ޚާއްޞަ ސިފައަކީ ރާއްޖޭގެ އަތޮޅުތައް ދެދުންޏަށް ބެހިފައިވާއިރު ދެދުނީގެކޮޅު ބެދޭގޮތައް މިއަތޮޅު އޮތުމެވެ. މިއަތޮޅަކީ ރާއްޖޭގައި މިވަގުއޮތް އެންމެބޮޑެތި އަތޮޅުތަކުގެތެރެއިން އެއްއަތޮޅެވެ. ދިގުމިނުގައި 29 މޭލު ފުޅާމިނުގައި 23 މޭލުހުރި މިއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށާއި 51 ފަޅުރަށްއޮވެއެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ޖިއޮގްރަފީ

އަތޮޅު ޖިއޮގުރަފީގޮތުން ( 73.08.13.94 E / 2.21.43.86 N ) އޮތްއޮތުން އަތޮޅުގެ ނަމާއިވަނީ ގުޅިލާމެހިފައެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚް

މުސްކުޅިބަހުގައި އަތޮޅަށް ” މަޑުލު “ ކިޔާކަމަށް ތާރީޚް ޢިލްމުވެރިން ވިދާޅުވެއެވެ. ތާރީޚްގެ ޢިލްމުވެރިންގެ ބަހަކީ މިއަތޮޅަކީ ރާއްޖޭގެ ދޮށި އަތޮޅުތަކުގެ ތެރެއިން އަތޮޅެއްކަމަށެވެ. އެއީ ރާއްޖޭގެ އަސްލުވަޒަންވެރިން މީލާދީން 9 ވަނަ ަރުނުގައި އުޅުނުކަމުގެ ހެކި ލިބިފައިވާތީއެވެ. މިގޮތުން ކަނިމީދޫއާއި އެލާ އާއި ކިނބިދޫ ވޭމަންޑޫ ހިރިލަންދޫ ވަންދޫއާއި ކަނޑޫދޫގެ ނަން އެމީހުން ހިމަނައެވެ. ކަނިމީދޫ އާއި އެލަޔަކީ މިހާރު ފަޅުދެރަށެވެ. އަތޮޅަކީ ރަސްމަތިފުށު އަތޮޅެކޭ ބުނެވިދާނެއެވެ. މަޝްހޫރު ދިޔަމިގިލީ ރަދުން ނިސްބަތްވަނީ މިއަތޮޅު ދިޔަމިގިއްޔަށެވެ. އެދަރިކޮޅުންވަނީ ރާއޖޭގައި ރަތަރު ރަސްކަލުން ރަސްކަން ކޮށްފައެވެ. އަދި ހަމައެހެންމެ ބޮޑުރަސްގެފާނާއި ، އެރަދުންގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނަކީ މިއަތޮޅު މަޑިފުއްޓަށް ނިސްބަތްވާ ދެރަދުންނެވެ. ބޮޑުތަކުރުފާނާއެކުގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަން ކުރެއްވުމަށް މަތިވެރި ޖިހާދުގައި މަތިވެރި ގުރުބާނީތަކެއް އުފުއްލެވި ދެހާޖީންނަކީ ތިމަރަފުއްޓަށް ނިސްބަތްވާ ދެބޭކަލުންނެވެ. މިނޫނަސް ދޮންހިޔަލަ އަލިފުޅުގެ ، ވަންދޫ ނެވިމުހައްމަދު ފަދަ ތާރީޚީ ބޭބޭފުޅުން މިއަތޮޅުގެ މާޒީ އާއި އެކުވެ ގޮސްފައިވެއެވެ. މިދެންނެވި ފަރާތްތަކަށް އަޅުގަނޑު މެންނަށް ލިބިހުރި މިންވަރަކުން ތަފްޞީލް މީގެ ފަހަތުން ގެނެސްދެވޭތޯ އެބަ މަސައްކަތް ކުރަމެވެ.


[އުނިއިތުރު ގެންނަވާ] އާބާދީ

2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ކޮޅުމަޑުލުގައި އިޤުތިޞާދީގޮތުން ހަރަކާތްތެރިވާ އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް މުޅިރާއްޖޭގެ އެވްރެޖަށްވުރެ މަތިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން ހާމަކުރައްވައިފި. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ 2006 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 28 މާރޗް 2006ގައި ކޮޅުމަޑުލުގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ، 8493 އެވެ.

އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ 2006 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 28 މާރޗް 2006ގައި ކޮޅުމަޑުލުގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ، 8493 އެވެ. އެއީ 4216 ފިރިހެނުންނާއި، 4277 އަންހެނުންނެވެ. މުޅިރާއްޖޭގެ އާބާދީގައި ތ އަތޮޅު ހިއްސާކުރަނީ 2.84 އިންސައްތައެވެ.

ކޮޅުމަޑުލުގެ އާބާދީގެ 15 އިންސައްތަ މީހުން ދިރިއުޅެނީ ތިމަރަފުށީގައެވެ. 13 އިންސައްތަ މީހުން ދިރިއުޅެނީ ގުރައިދޫއާއި ބުރުނީގަ. ބުރުނީގެ އާބާދީ އިތުރުވެފައިވަނީ ސުނާމީއާއި ގުޅިގެން ވިލުފުށީގެ ބޮޑުއާބާދީއެއް އެރަށުގައި ދިރިއުޅޭތީއެވެ.. ތ އަތޮޅުން އެންމެބޮޑަށް އާބާދީ މަދުވަމުންދާ ރަށަކީ ގާދިއްފުއްޓެވެ. އަދި ތ އަތޮޅުގެ ޖުމުލަ އާބާދީ އިތުރުވާރޭޓް އަންނަނީ މަދުވަމުންނެވެ. 2006ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މުޅިރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ފިރިހެނުން ނަމަވެސް ތ އަތޮޅުގައި އާބާދީގެ ނިސްބަތުން ގިނައީ އަންހެނުންނެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް ނުވަދިހަނުވަ ފިރިހެނުންނެވެ. މިގޮތުން ޖިންސްގެ ތަފާތު ބޮޑުކަމަށް ފާހަގަ ކުރެވިފައިވަނީ ހިރިލަންދޫގައެވެ. އެއީ ކޮންމެސަތޭކަ އަންހެނަކަށް (113) ސަތޭކަ ތޭރަ ފިރިހެނުންނެވެ. ޖިނސްގެ ނިސްބަތް އެންމެ ކުޑައީ ކަނޑޫދޫގައެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް އަށްޑިހަ ފަސް ފިރިހެނުންނެވެ.


[އުނިއިތުރު ގެންނަވާ] އިގްތިޞާދު

ތ އަތޮޅުގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް މުޅިރާއްޖޭގެ އެވްރެޖަށް ވުރެ މަތި. ތ އަތޮޅުގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 76 އިންސައްތަ އެވެ. އަންހެނުންގެ ނިސްބަތަކީ، 63 އިންސައްތައެވެ. މިއީ މުޅިރާއްޖެއަށް ބަލާއިރު މަތީ ޢަދަދެކެވެް. ތ އަތޮޅުގެ ރަށްރަށަށް ބަލާއިރު އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންނާއި އަންހެނުން ނިސްބަތުން އެންމެ ގިނައީ ގާދިއްފުށީގައެވެ. އެއީ 78 އިންސައްތަ އަންހެނުންނާއި، 98 އިންސައްތަ ފިރިހެނުންނެވެ. ގާދިއްފުށީގައި އިޤުތިޞާދީގޮތުން ހަރަކާތްތެރިވާ ނިސްބަތް އެންމެ މަތިކަމަށް ދައްކަނީ،އެރަށުގައި ދިރިއުޅެނީ ވަރަށް ކުޑައާބާދީއެއް ކަމަށްވެފައި، ރަށުގައިތިބޭ މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ގިނަބަޔަކު ވަޒީފާ އަދާ ކުރާތީއެވެ.2006 ވަނަ އަހަރުގެ ބޯހިމެނުމުގައި ތ އަތޮޅުގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ 22 އިންސައްތައެވެ. އަދި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައި ނުވާމީހުން އެންމެ ގިނައީ، އެއަތޮޅު ކިނބިދޫއާއި ދިޔަމިގިލީގަައެވެ. އަދި އަތޮޅުގެ ނިސްބަތުން މަސައްކަތެއް ހޯދަންއުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުން އެންމެ ގިނައީވެސް މިދެރަށުގައެވެ. މިގޮތުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުންގެ ނިސްބަތް ފިރިހެނުންގެ ނިސްބަތަށްވުރެ އިތުރެވެ. އެއީ 10 އިންސައްތަ ފިރިހެނުންނާއި، 36 އިންސައްތަ އަންހެނުންނެވެ


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު

އެހެން ބަސްބަހުން


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -