ކުޑަކަމުދާ ހޮޅި
ވިކިޕީޑިއާ އިން
ކުޑަކަމުދާ ހޮޅި | |
---|---|
Female anatomy. (Urethra labeled at bottom left.) | |
Latin | urethra feminina, urethra masculina |
Gray's | subject #256 1234 |
Precursor | Urogenital sinus |
MeSH | urethra |
Dorlands/Elsevier | u_03/12838693 |
ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި ނުވަތަ (އިނގިރޭސި ބަހުން: Urethra) އަކީ އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އެނަޓަމީ
[އުނިއިތުރު ގެންނަވާ] އަންހެނާގެ ކުޑަކަމުދާ ހޮޅި
އަންހެނާގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނަކީ 2-1 އިންޗި އެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަން ގެ ދޮރާއި ކުޅަނދިލި އާ ދެމެދުގައެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މާ ދިގެވެ. އެހެންކަމުން ކުޑަކަމުދާ ނިޒާމް ގެ އިންފެކްޝަން އަންހެނުންނަށް ޖެހޭ މިންވަރު އިތުރެވެ.
[އުނިއިތުރު ގެންނަވާ] ފިރިހެނުންގެ ކުޑަކަމުދާ ހޮޅި
ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނުގައި 8 އިންޗި ހުރެއެވެ. ކުޑަކަމުދާ ހޮޅި ހުޅުވިފައި އިންނަނީ ފިރިހެން ހަށި ގެ ކޮޅުންނެވެ. ފިރިހެނުންގެ ކުޑަކަމުދާ ހޮޅި މައިގަނޑު 3 ބަޔަކަށް ބަހާލެވިފައި ވެއެވެ. އަދި އެބައިތަކަށް ނަންދެވިފައިވަނީ އެބަޔެއް ހުރި ހިސާބާއި ގުޅޭގޮތަށެވެ.
[އުނިއިތުރު ގެންނަވާ] ޕްރޮސްޓެޓިކް ކުޑަކަމުދާ ހޮޅި
މިއީ ޕްރޮސްޓޭޓް ގްލޭންޑް ގެ ތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. ތަފާތު ލޮއި ނުވަތަ ހުޅުވުންތައް މިބައިގައި ވެއެވެ.
- މަނި ހޮޅި އަދި އިޖެކިއުލޭޓަރީ ޑަކްޓް އިން މަނި އަންނަ ލޯވަޅު
- ޕްރޮސްޓޭޓް ގްލޭންޑް އިން ދިޔަ ކުޑަކަމުދާ ހޮޅިއަށް އަންނަ މަގު ހުޅުވިފައިވާ ލޯވަޅު
- ޕްރޮސްޓެޓިކް ޔުޓިރިކަލް ގެ ލޯވަޅު
[އުނިއިތުރު ގެންނަވާ] މެމްބްރޭނަސް ކުޑަކަމުދާ ހޮޅި
މިއީ އެކްސްޓާނަލް ސްފިންކްޓަރ މަސްގަނޑު ގެތެރެއިން ދައުރުވަމުން ގޮސްފައިވާ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 2-1 ސެންޓިމީޓަރު ހުރެއެވެ. މިއީ ކުޑަކަމުދާ ހޮޅީގެ އެންމެ ހަނި ބައެވެ. ބަލްބޯ ޔުރެތުރަލް ގްލޭންޑް ގެ މަގުތައް ކުޑަކަމުދާ ހޮޅި އަށް ހުޅުވިފައި ހުންނަނީ މިހިސާބުގެ ތެރޭގައެވެ. ނުވަތަ މިބައިގެ ތެރޭގައެވެ.މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ.
[އުނިއިތުރު ގެންނަވާ] ޕިނައިލް ކުޑަކަމުދާ ހޮޅި
މިއީ ފިރިހެންހަށީގެ ތެރެއިން ގޮސްފައިވާ ފިރިހެނާގެ ކުޑަކަމުދާ ހޮޅީގެ ބައެކެވެ. މިބައިގެ ދިގުމިނުގައި 16-15 ސެންޓިމީޓަރު ވަރު ހުރެއެވެ.މިބައި ގޮސްފައި އިންނަނީ ފިރިހެންހަށީގެ އޮނިގަނޑުގައިވާ ކޯރޕަސް ސްޕަންޖިއޯސަމް ގެތެރެއިންނެވެ. މިބައިގެ އެތެރޭ ތެތްދުލިފަށުގެ އެންމެ ބޭރު ފަށަލައިގައި ހުންނަނީ ޝޫޑޯ ސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ.
[އުނިއިތުރު ގެންނަވާ] ހިސްޓޮލޮޖީ
- ކުޑަކަމުދާ ހޮޅީގެ ފެށޭ ކޮޅު ހުންނަނީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ. އެއީ މަސާނާ ގައިވެސް ހުންނަ އެޕިތީލިއަމް އެވެ.
- ކުޑަކަމުދާ ހޮޅީގެ މެދުގައި ހުންނަނީ ސްޓްރެޓިފައިޑް ކޮލަމްނާ އެޕިތީލިއަމް އެވެ.
- ކުޑަކަމުދާ ހޮޅި ނިމޭކޮޅު ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް އެވެ.
[އުނިއިތުރު ގެންނަވާ] ބަލިތައް
- އުފެދުމުގައި ކުޑަކަމުދާ ހޮޅީގައި އައިބު ހުރުން
- ކުޑަކަމުދާ ހޮޅީގެ އިންފެކްޝަން
- ކުޑަކަމުދާ ހޮޅި ބެދުން
[އުނިއިތުރު ގެންނަވާ] އަދިވެސް ބައްލަވާ ލައްވާ
- ޕެރިނިއަލް ކުޑަކަމުދާ ހޮޅި
- ފަރުޖާއި ވެޖައިނާގެ ޞިއްޙަތު
- ކުޑަކަމުދާ ހޮޅީގެ ސްޕަންޖް
- ޖީ-ވަޅު
- ކުޑަކަމުދާ ހޮޅިއަށް ސައުންޑް ލެއްވުން
- އެކްސްޓާނަލް ޔުރެތުރަލް އޮރިފިސް
- އިންޓާނަލް ޔުރެތުރަލް އޮރިފިސް