ޝީމާ ސަޢީދު
ވިކިޕީޑިއާ އިން
ޑރ ޝީމާ ސަޢީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ތަޢުލީމީ ދާއިރާއިން ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޝީމާ ސަޢީދު ފުރަތަމަ ޑިގްރީ ހެއްދެވީ އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވަސިޓީގައެވެ. މާސްޓާރސް ޑިގްރީ ހެއްދެވީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަސިޓީގައެވެ. ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީގައެވެ.
އައްޑު އަތޮޅު ހުޅުމީދޫ އަށް އުފަން ޑރ ޝީމާ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. މާސްޓާރސް ޑިގްރީ އަށްފަހު އެބުރި ރާއްޖެ ގޮސް ޕީއެޗްޑީ ހެދުމުގެ ކުރިން ޑރ ޝީމާ ސަޢީދު ވަނީ ޓީޗަރެއްގޮތުން، ޓީޗަރ އެޑިޔުކޭޓަރ އަދި ކަރިކިއުލަމް ޑިވެލޮޕަރ އެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.