ޙުސައިން ޙަލީމް
ވިކިޕީޑިއާ އިން
ޑރ ޙުސައިން ޙަލީމް އަކީ ނިއުޒިލޭންޑްގެ އޮޓާގޯ ޔުނިވަސިޓީގައި ސްޕޯޓްސް ކޯޗިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ޙަލީމް އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކެޕްޓަން ކަމުގެ މަގާމްގައި ހުންނެވި ބޭފުޅެކެވެ.
[އުނިއިތުރު ގެންނަވާ] ތައުލީމީ ކާބިޔާބީތައް
- ބެޗްލަރ އޮފް ފިޒިކަލް އެޑިޔުކޭޝަން - 1996 - އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިޔުކޭޝަން- އޮސްޓްރޭލިޔާ
- ބެޗްލަރ އޮފް އެޑިޔުކޭޝަން - 1997 - އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިޔުކޭޝަން- އޮސްޓްރޭލިޔާ
- މާސްޓަރ ޑިގްރީ އިން އެޑިޔުކޭޝަނަލް ސައިކޮލޮޖީ - 1998 - ސިޑްނީ ޔުނިވަސިޓީ- އޮސްޓްރޭލިޔާ
- މާސްޓަރ އޮފް ފިޒިކަލް އެޑިޔުކޭޝަން - 2002 - އޮޓާގޯ ޔުނިވަސިޓީ - ނިއުޒިލޭންޑް
- ޑޮކްޓަރ އޮފް ފިލޯސަފީ އިން ސްޕޯޓްސް ކޯޗިންގ - 2005 - އޮޓާގޯ ޔުނިވަސިޓީ - ނިއުޒިލޭންޑް