ތުންފަތް
ވިކިޕީޑިއާ އިން
ތުންފަތް ނުވަތަ (އިނގިރޭސި ބަހުން: Lip) އަކީ އަނގަ ލެއްޕުމުގައި ޝާމިލްވާ ޓިޝޫ އެކެވެ. ވާހަކަ ދެއްކުމާއި ކެއިން ބުއިން ފަދަ ހަރަކާތް ތަކުގައި ތުންފަތުގެ ބޭނުން ހިފައެވެ. މީގެ އިތުރުން އިހްސާސްތައް ލިއްބައި ދިނުމުގައި ވެސް ތުންފަތް ބައިވެރި ވެއެވެ. އާންމު ގޮތެއްގައި ތިރީ ތުންފަތް މަތީ ތުންފަތަށްވުރެ ފުޅާކަން ފާހަގަ ކުރެވެއެވެ.