Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
މުސްޠަފާ ލުޠުފީ - Wikipedia

މުސްޠަފާ ލުޠުފީ

ވިކިޕީޑިއާ އިން

ޑރ މުޙައްމަދު މުސްޠަފާ ލުޠުފީ
ޑރ މުޙައްމަދު މުސްޠަފާ ލުޠުފީ

ޑރ މުޙައްމަދު މުޞްޠަފާ ލުޠުފީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު މުޞްޠަފާ ލުޠުފީ ވަނީ ކުރިން ދިވެހި ސަރުކާރު ކެބިނެޓްގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. މިހާރު ޑރ މުޙައްމަދު މުޞްޠަފާ ލުޠުފީ އުޅުއްވަނީ ސަރުކާރު ގައެއް ނޫނެވެ.


ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަމިއްލަ ދިރިއުޅުން

ޑރ މުޞްޠަފާ ލުޠުފީ ގެ ބައްޕާފުޅަކީ އައްޝައިޚުލް މަރުހޫމް އިބްރާހީމް ލުތުފީ އެވެ. ޑރ މުޞްޠަފާ ލުޠުފީ ގެ ބައްޕާ ފުޅަކީ އަޒުހަރުން ކިޔަވާ ވިދާޅުވުމަށްފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ޑރ މުޞްޠަފާ ލުޠުފީ ގެ މަންމާ ފުޅަކީ ސ.ހުޅުދޫ ޢާއިޝަތު ސުފޭރާ އެވެ. ޑރ މުޞްޠަފާ ލުޠުފީ އާއި އެއްބަނޑު އެއްބަފާ ދެން ހުންނަނީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ އަހުމަދު ލުތުފީ އެވެ.

ޑރ މުޙައްމަދު މުސްޠަފާ ލުޠުފީ
ޑރ މުޙައްމަދު މުސްޠަފާ ލުޠުފީ

[އުނިއިތުރު ގެންނަވާ] ތައުލީމީ ކާމިޔާބުތައް

ސ.ހުޅުދޫ އަށް އުފަން ޑރ މުޞްޠަފާ ލުޠުފީ ތައުލީމް ޙާޞިލް ކުރުމަށް ފުރަތަމަ މާލެއައީ 1965 ވަނަ އަހަރު އެވެ. ފުރަތަމަ އުޅުނީ ޢާލިޔާ ސުކޫލް ގައެވެ. އެއަށްފަހު އީޕީއެސް ގައެވެ. އެއަށްފަހު މަޖީދިއްޔާ ގައެވެ. އޯލެވެލް ހެދީ 1975 ވަނަ އަހަރު އެވެ، ޖުމްލަ 6 މާއްދާއިން އޯލެވެލްގައި ފާސްވި އެވެ. އަދި އެއަހަރު ރާއްޖެއިން ފާސްވި 5 ކުދިންގެ ތެރޭގައި ޑރ މުޞްޠަފާ ލުޠުފީ ހިމެނެއެވެ. ދިވެހި މުދައްރިސް ކަމުގެ ސަނަދު ވެސް ޙާޞިލް ކުރައްވާފައި ވެއެވެ.

  • މާސްޓަރ ޑިގްރީ - ބާރމިންގހާރމް ޔުނިވަސިޓީ - އިގިރޭސިވިލާތް
  • ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަނަލް ޕޮލިސީ - ލެޓްރޯބް ޔުނިވަސިޓީ - އޮސްޓްރޭލިޔާ


[އުނިއިތުރު ގެންނަވާ] ސަރުކާރުގައި އަދާކުރެއްވި ވަޒީފާތައް

  • ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޕްރައި މިނިސްޓަރުގެ އޮފީހުގައި
  • ދިވެހި މުދައްރިސްކަން ގްރޭޑް 8910 - މަޖީދިއްޔާ ސުކޫލް
  • އަތޮޅު ވެރިކަން - ފުވައްމުލަކު އަތޮޅު
  • މިނިސްޓަރ އޮފް ޓޫރިޒަމް

[އުނިއިތުރު ގެންނަވާ] ލިޔުންތެރިކަން

ޑރ މުސްޠަފާ ލުޠުފީ އެންމެ ފަހުން ނެރުނު ފޮތް
ޑރ މުސްޠަފާ ލުޠުފީ އެންމެ ފަހުން ނެރުނު ފޮތް

ޑރ މުޙައްމަދު މުޞްޠަފާ ލުޠުފީ އަކީ ލިޔުންތެރިއެކެވެ. މިގޮތުން ޖަޒީރާ ދުވަހު ނޫހަށާއި، ދަރުމަ މަހު މަޖައްލާ އަށް ޑރ މުޙައްމަދު މުޞްޠަފާ ލުޠުފީ ގެންދަނީ ލިޔުއްވަމުންނެވެ.ޑރ މުޞްޠަފާ ލުޠުފީ އަކީ ވާހަކަ ލިޔުންތެރިއެކެވެ. އޭނާ މިހާތަނަށް ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި އަންނަނިވި ވާހަކަތައް ހިމެނެއެވެ.

  • އަޖައިބު ކައިވެނި
  • ޝާމް 2030
  • ސަރީޔަތް
  • ކެމްޕޭން


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -