އުޅަބޮށި
ވިކިޕީޑިއާ އިން
އުޅަބޮށި އަކީ އަތުގެ މުލައްދަނޑި އާއި، އަތުކުރި ގުޅުވައިދޭ ހުޅެވެ. މިހުޅު އުފެދިފައިވަނީ މައިގަނޑު 3 ކަށިގަނޑެއް ގުޅޭ ތަނުގައެވެ. އެއީ އަތުގެ މަތީގައިވާ މުލައްދަނޑީ ކަށިގަނޑު އާއި އަތުގެ ތިރީގައި ނުވަތަ އަތުކުރީގައިވާ މައި ދެކަށިގަނޑު ކަމުގައިވާ ރޭޑިއަސް ކަށިގަނޑު އަދި އަލްނާ ކަށިގަނޑު ގުޅޭ ތަނުގައެވެ.