Web Analytics Made Easy - Statcounter

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
އަސްލަމް ޢަބުދުއްރަޙީމް - Wikipedia

އަސްލަމް ޢަބުދުއްރަޙީމް

ވިކިޕީޑިއާ އިން

އަސްލަމް ޢަބުދުއްރަޙީމް
އަސްލަމް ޢަބުދުއްރަޙީމް

މިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރ އަސްލަމް އަބްދުއްރަޙީމްގެ ވަގުތަކީ މިއެވެ. މިވަގުތު ނިއުގެ ފުރަތަމަ 11 ގެ ކީޕަރުކަން ކުރަމުން އެދަނީ އަސްލަމެވެ. މިއީ އަސްލަމަށް ވަރަށްގިނައިން އަންނަ ވަގުތެކެވެ. ސީޒަނުގެ ކުރީކޮޅު ބެންޗުން ފެނުމަށްފަހު ސީޒަނުގެ މެދުތެރެއިން ފެންނަނީ ފުރަތަމަ 11 ންނެވެ. ވަގުތު ޖެހުމުން އަރަނީއެވެ. ކުރިން ފުރަތަމަ 11 ގެ ކީޕަރު ބެންޗަށް ފޮނުވާލުމަށް ފަހުގައެވެ. މިއީ ހަމައެކަނި ނިއުގައި އޭނާ ގެނެސްފައިވާ ވަގުތެއްނޫނެވެ. ވެލެންސިއާގައިވެސް މިގޮތަށް ކަންދިމާވެފައި އެބަހުއްޓެވެ. އެހެންކަމުން މިއީ ފަހަކަށް އައިސް އަސްލަމްގެ ފުޓްބޯޅައިގެ ޙަޔާތުގައި ވަރަށްގިނައިން އަންނަ ވަގުތުކޮޅަކަށްވަނީ ވަފައެވެ.


[އުނިއިތުރު ގެންނަވާ] އެއްމެޗުގައި 7 ގޯލް

ނިއުރޭޑިއަންޓުން ފުޓްބޯޅައިގެ ޙަޔާތް ކުލަބު ފެންވަރުގައި ފަށާފައިވާ އަސްލަމަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ކީޕަރުންގެ ތެރެއިން އެންމެގިނަ ތަޖްރިބާ އިހްސާސް ކުރަންޖެހިފައިވާ ކީޕަރަށްވެސް ވާނެއެވެ. ކީޕަރެއްގެ އަންގި ލައްވައިގެން ނުކުމެ އެހެން ކީޕަރަކު ރާއްޖޭގައި މިހާތަނަށް ދުވަހަކުވެސް ނުކުރާ ތަޖްރިބާއެއް ހަމަގައިމުވެސް އަސްލަމްވަނީ ކޮށްފައެވެ. އެއީ ފައިނަލް މެޗެއްގައި ދިވެހި ތާރީހުގައި އެންމެގިނަ ގޯލު އެޓީމެއްގެ ކޮޅަށް ވަދެފައިވާއިރު އެޓީމުގެ ގޯލް ދިފާއު ކުރުމަށް އެދުވަހު ހުރީ އަސްލަމް ކަމަށްވުމެވެ. އެއީ މިހާރުވެސް އަސްލަމް ކުޅެމުން އަންނަ ނިއުގެ ގޯލެވެ. ގައުމީ ފައިނަލެއްގައި ކުލަބު ވެލެންސިއާއިން ނިއުރޭޑިއަންޓްގެ ގޯލަށް 7 ލަނޑު ވައްދާލިއިރު ކިޕަރަކަށް ހުރީ އަސްލަމެވެ. ފާހަގަ ކުރެވުނު އަނެއްކަމަކީ އެދުވަހު ނިއުގެ ފުރަތަމަ 11 ގައި ހިމެނިގެން އަސްލަމް ނުކުތް މެޗަކީ އޭނާ ފުރަތަމަ ފައިނަލް މެޗަށްވުމެވެ. އަދި ފުރަތަމަ 11 ގައި ހިމެނިގެން ބޮޑުކުލަބެއްގެ ފުރަތަމަ 11 ށް ނުކުތް ފުރަތަމަ މެޗަށްވެސް ވުމެވެ. ނަމަވެސް އޭރު ނިއުގެ ކޯޗަކަށްހުރި އިނގިރޭސި ކޯޗް ކެންމޯޓަން ވަރަށްބޮޑަށް އަސްލަމަށް އިތުބާރުކޮށްފައި ފައިނަލް މެޗަށް އެރުވީއެވެ. ނިއުގެ ފުރަތަމަ 11 ގެ ކީޕަރަކަށް އޭރު ކުޅެމުންދިޔަ ތަޖްރިބާކާރު ގޯލްކީޕަރ ރެޖީނާ އިބްރާހީމް ރަޝީދު ބެންޗަށް ގެނެއުމަށްފަހު އޭރު އެއްވެސް ތަޖްރިބާއެއްނެތް ޒުވާން އަސްލަމް ފައިނަލް މެޗަށް އެރުވުމުން ސަޕޯޓަރުންގެ މެދުގައިވެސް ޚިޔާލު ތަފާތުވެގެން އުޅުނެވެ. އަދި ފައިނަލްގައި ނިއުގެ ކޮޅަށް 7 ގޯލު ވެލެންސިއާ ޖަހައިގެން ފުރަތަމަ ފަހަރަށް ގައުމީ ތަށި ވެލެންސިއާ ހޯދުމުގެ ޒިންމާ ގިނަބަޔަކު އެޅުވީ ކޯޗް މޯޓަން އާއި އަސްލަމްގެ ބޮލުގައެވެ.

އަސްލަމްގެ ފެށުން ނާކާމިޔާބުވެ ނިއު ކަޅުގޮޅިއަކަށް އެއަހަރު ވެއްޓިގެން ދިޔައީއެވެ. ނަމަވެސް އެމެޗުން ބަލިވިނަމަވެސް ޖެހިގެން އައި މުބާރާތްތަކުން ނިއުގެ ފުތަރަމަ 11ން އަސްލަމަށް ފުރުސަތު ލިބެންފެށިއެވެ. އަދި ހުޝިޔާރުކަމާއެކު ނިއުގެ ގޯލު ބަލަހައްޓައި އެތަށް ތައްޓެއް ނިއުއަށް ހޯދައިދިނެވެ. އަދި އަސްލަމަށް އެތައްބަޔެއްގެ ތައުރީފުގެ ބަސްތައް އޮހިގެން ދިޔައެވެ.

އޭގެފަހުން 8 އަހަރު ފާއިތުވެގެން ހިގަތްޖެއެވެ. މިއަދުވެސް ނިއުގެ ގޯލުގައި އެހުރީ އަސްލަމެވެ. މިއަދު އެމަގާމުގައި ހުރުން ނުވަތަ މިހާދުވަހު އެންމެ މަތީފެންވަރުގައި ހިފެހެއްޓުމުގައި ފުރަތަމަ ތަޖްރިބާގެ 7 ގޯލު ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. އަސްލަމް ބުނެފައިވާ ގޮތުގައި އެދުވަހަށްފަހު އޭނާ އަޒުމް ކަނޑައެޅީ އެކަން ހަނދާން ނައްތާލެވާވަރުގެ ކާޤމިޔާބުތަކެއް ނިއުއަށް ހޯދައިދިނުމަށެވެ. އަދި މޮޅު ކީޕަރަކަށް ވުމަށެވެ. އެއަޒުމްގައި އަސްލަމް އެވަނީ އަދިވެސް ހިފަހައްޓާފައެވެ. އެދުވަހު މާޔޫސްވެ އަންގި ބާލައި ކީޕަރުކަން ކުރުން ހުއްޓާނުލައި ކުރިޔަށް ދިއުމުގެ ނަތީޖާ އަކަށްވީ އޭރުގެ ހިތި ހަނދާންތައް މަތިން އަސްލަމާއި ނިއުގެ ސަޕޯޓަރުންވެސް ދުރަށް ދިއުމެވެ.

[އުނިއިތުރު ގެންނަވާ] ކުޅެފައިވާ ކްލަބްތައް

[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -