އަލްއުސްތާޛް ޢަބްދުﷲ ސަޢީދު
ވިކިޕީޑިއާ އިން
ފަޟީލަތުލް އުސްތާޛުއް ޝައިޚް ޢަބްދުﷲ ސަޢީދަކީ ރާއްޖޭގެ ވަރަށް ފުންނާބުއުސް ޤާނޫނީ ވަކީލެކެވެ.
[އުނިއިތުރު ގެންނަވާ] ތަޢުލީމީ ދައުރު
ޤާނޫނުގެ ޢިލްމާއި ދީނީ ޢިލްމުގައި އަރާހުންނެވި ބޭފުޅެކެވެ.ޤުރްއާން ހިތު ދަސްކުރައްވައިގެން ހުންނެވި ޙާފިޡެކެވެ.ފެކަލްޓީއޮފް ޝަރީޢާ އެންޑްލޯ ގެ ފުރަތަމަ ޑީންކަންކުރެއްވީ އޭނާއެވެ. ރާއްޖޭގައި ޤާނޫނީ ތަޢުލީމްގެބިންގާ މިޒަމާނާއެއްގޮތަށް އަޅައި ހަރުދަނާކުރުމުގައި އެންމެ މަތީދަރޖައަށް ހިއްސާކުރައްވި އެއްބޭފުޅަކީ އޭނާއެވެ.ބަންޑާރަ ނާއިބު އޮފީހުގައި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ޕްރޮސެކިޔުޝަންސް ގެ މަޤާމުގައި ހުންނެވުމަށްފަހު މިހާރު ހުންނެވީ ޔޫރަޕް ގައި ޕީއޗްޑީއަށް ކިޔަވާ ވިދާޅުވުމަށެވެ. އަލްއުސްތާޛް ޢަބްދުﷲ ސަޢީދަކީ ޤާނޫނީ ޢިލްމުވެރި އަކަށް، ފިޤްހު އިލްމުވެރިއަކަށް ވުމުގެ އިތުރަށް ތާރީޚް އިލްމަށް ވަރަށް މޮޅު ބޭފުޅެކެވެ.އަލްއުސްތާޛް ޢަބްދުﷲ ސަޢީދަކީ އަރަބިބަސް، އުރްދޫބަސް، ފާރިސީބަސް އިނގިރޭސި ބަސް ރަނަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ތަޢުލީމް ޙާޞިލުކުރެއްވި ޤައުމުތަކުގައި އިންޑިއާ، މިޞުރު ފަދަ ޤައުމުތައް ހިމެނެއެވެ.
[އުނިއިތުރު ގެންނަވާ] ދަރިފަސްކޮޅު
އޭނާ އަކީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުން ގެ އަލްއަމީރު އިބްރާހިމްފާމުލަދޭރިކިލެގެފާނުންގެ ޢާއިޝަތު ދޮށީދީދީއާއި ކާވެނިބައްލަވައިގެން ލިބުނު ގަޑުވަރު ޙަސންދީދީގެއަލްޚަޠީބު ޢަބްދުﷲ ދީދީ އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ޚަދީޖާމަނިކެ އާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން ހުސައިންދީދީގެމުހައްމަދު ސަޢީދުގެ ދަރިކަލުންނެވެ . މަންމައަކީ އަލްއަލްޤާޟީ އިބްރާހިމް މަޖުދުއްދީނު އުއްތަމަފަނޑިޔާރުމަނިކުފާނުގެ ހައްވާމަނިކެގެ އާމިނަތުދީދީއާއި އެޅެގޭ އައްނާއިބު އިބްރާހިމްދީދީގެ އައްނާއިބު ޢަބްދުﷲ ދީދީގެ ގެ ދަރިކަނބަލުން ޙައްވާދީދީއާއި ގަޑުވަރު އައްޝައިޚް ހުސައިންތަކުރުފާނުގެ އަލްއައްލާމަތުއްޝައިޚު އަލްޙާފިޡު އިބްރާހީމް ތަކުރފާނު އަޚޫހުލް ޤާޟީ މޫސާ ބަދުރުއްދީން (އައިސާބީގެދަރު ދޮންބެއްޔާ) ގެ ފަޟީލަތުއްޝައިޚު އަޙްމަދުދިދީ (އައިސާބީގެ ދަރު އަޙްމަދު ދީދީ) ގެ މުހައްމަދުދީދީއާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ދަރިކަނބަލުން ފާޠުމަތު ދީދީއެވެ ޢަބްދުﷲ ސަޢީދުގެ ގެ މަތިފުށް ހަތަރު ފަރާތުންމެ،އަލްޢައްލާމަތު މުޙައްމަދު ޝަމްސުއްދީނުލްކަބީރު އިބްނުއްނާއިބު ޙަސަން އިބްނު މުހައްމަދުލް މިޞްރީ ބޮޑުފަނޑިޔާރު ތަކުރުފާނާއި އައްސުލްޠާނު މުހައްމަދު ޣިޔާޘުއްދީނާއި އަލްފަޤީހު އަލްވަރަޢުއްޒާހިދު ޔޫސުފުނާއިބުކަލޭގެފާނާއި ގުޅިފައިވެއެވެ.