އަފްރާޝީމް ޢަލީ
ވިކިޕީޑިއާ އިން
ޑރ އަފްރާޝީމް ޢަލީ ރ. އަތޮޅު ކަނދޮޅުދޫ އަށް އުފަން ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ ޕީއެޗްޑީ ހެއްދެވީ އިސްލާމީ ޝަރީޢާ ގެ ދާއިރާ އިންނެވެ. ޑރ އަފްރާޝީމް ޢަލީ އަކީ ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިން ކިޔަވާ ވިދާޅުވުމަށްފަހު، ގަތަރު އަދި މެލޭޝިޔާ އިން ތަޢުލީމް ޙާޞިލް ކުރެއްވި ބޭފުޅެކެވެ.
ޑރ އަފްރާޝީމް ޢަލީ އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވެ، ބަންގި ގޮވާ ހެއްދެވި ބޭފުޅެކެވެ. ކުރިން އިސްލާމީ މަރުކަޒުގައި އިސްވެ އިމާމެއްގެ ގޮތުގައި ނަމާދު ކުރައްވައި ބަންގި ގޮވައި ހެއްދެވިއެވެ. މަޢުހަދުގައި އުޅުއްވިއިރު ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ، ތަފާތު ރަންވަނަތައް ޙާޞިލްކޮށްފައި ވެއެވެ.