ހާލާ ޙަމީދު
ވިކިޕީޑިއާ އިން
ޑރ ހާލާ ޙަމީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ އިގިރޭސިވިލާތުގެ އެންގްލިއާ ޔުނިވަސިޓީގައި ޖެންޑަރ އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ފުރިހަމަ ކުރައްވާފައިވާ ބޭކަނބަލެކެވެ. މިހާރު ޑރ ހާލާ ހަމީދު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ ނާއިބުގެ މަގާމް ގައެވެ. ޑރ ހާލާ ހަމީދު އަކީ ކުރީގެ މިނިސްޓަރ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބުދުﷲ ޙަމީދުގެ ދަރި ކަނބަލެކެވެ. ޑރ ހާލާ ހަމީދު ސަރުކާރާއި ގުޅިވަޑައިގަތީ 11 މާރޗް 1981 ގައެވެ.