ޒަކާތް
ވިކިޕީޑިއާ އިން
ސިލްސިލާ ލިޔުންތަކުގެ ބައި |
ޢަޤީދާ |
ﷲ ގެ އެއްކައުވަންތަކަން |
މުހިންމު ޝަހްސިއްޔަތުތައް |
މުޙައްމަދުގެފާނު |
ފޮތްފޮތާއި ޝަރީޢަތް |
ޤުރުއާން • ޙަދީޘް • ޝަރީޢަތް |
ފިރްޤާތައް |
ސިޔާސީ-އިޖްތިމާޢީ ވިސްނުން |
އިސްލާމީ ތަޢުލީމު |
ޒަކާތަކީ އަކީ މުސްލިމުން ގެ މުދަލުގެ ތެރެއިން ނަގައިގެން އަދާ ކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ. ޒަކާތަކީ އިސްލާމް ކަމުގެ ރުކުންތަކުގެ 03ވަނަ ރުކުނެވެ. ޤުރުޢާނާއި ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖްމާޢުންވެސް ޒަކާތަކީ ޘާބިތުވެގެންވާ އަޅުކަމެކެވެ. ޒަކާތް ފަރުޟު ކުރައްވާފައިވަނީ ހިޖުރައިން 2 ވަނަ އަހަރު ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ތަޢާރަފް
އަރަބި ބަހުގައި (އަލްޒަކާތް) މިބަސް ވަރަށް ގިނަ މާނައިގައި ބޭނުންކުރެވެއެވެ. މީގެ ތެރޭގައި ގިނަވުން، އިތުރުވުން، ބޮޑުވުން، ޠާހިރުވުން، އަދި ބަރަކާތް ޙާސިލްވުން ހިމެނިގެން ވެއެވެ. ފިޤުހު އިލްމުވެރިންގެ އިސްޠިލާޙުގައި ޒަކާތަކީ ޙާއްސަ ޝަރުޠުތަކާއި އެކު މުއްސަނދިންގެ މުދަލުން ނަގާ ފަޤީރުންނާއި މިސްކީނުންނަށް އަދި އެނޫންވެސް ޒަކާތް ލިބުން ޙައްޤު ވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެވެ.
[އުނިއިތުރު ގެންނަވާ] ޒަކާތް ދިނުމުގެ ޙުކުމް
ބަޔާންވެ ދިޔަފަދައިން ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. މުސްލިމުންގެ ތެރެއިން މުއްސަނދީންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ޒަކާތަކީ މީސްތަކުންގެ ޖާއިޒް ބޭނުންތައް ފުއްދައިދިނުމަށް އެދުންވެރިކުރުވާފައިވާ މަތިވެރި އަޅުކަމެކެވެ. އިހްސާންތެރި ޞާލިހުންގެ ކިބައިގައި ވާ މަތިވެރި ސިފަތައް ފާޅުވެގެންދާ އެއްގޮތަކީ ދީލަތިކަމާއި އެކު ފަޤީރުންނަށް ދޭ އެހީއެވެ.
[އުނިއިތުރު ގެންނަވާ] See also
- އިސްލާމިކް އިކޮނޮމީ
- އިސްލާމިކް ބޭންކިންގ
- ޚަރަޖް
- އޯ.އައި.ސީ ގެ އިކޮނޮމީ
- އިސްލާމިކް ބަސްބަސް އަރަބިން
- އެތިކްސް މަޒްމޫނު ތަކުގެ ލިސްޓް